އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޑްނައިޓް ރަންގައި މިފަހަރު 2 ކެޓަގަރީއަކުން ވަނަހޮވާ، ސެޓްފިކެޓްދެނީ...

މިޑްނައިޓް ރަންގައި މިފަހަރު 2 ކެޓަގަރީއަކުން ވަނަހޮވާ، ސެޓްފިކެޓްދެނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މިއަހަރުގެ މިޑްނައިޓް ރަންގައި 2 ކެޓަގަރިއަކުން ވަނަ ހޮވާ، ސެޓްފިކެޓް ދިނުމަށް ނިންމައިފިއެވެ.

މި އިވެންޓް އިންތިޒާމުކުރުމުގައި އިސްކޮށްހަރަކާތްތެރުވެވަޑައިގަންނަވާ ޢަބްދުﷲ ޚަލީލް (އައްބެ) ވިދާޅުވީ މިއަހަރުގެ ދުވުމުގައި 35 އަހަރާއި 45 އަހަރާދެމެދާއި 46 އަހަރުން މަތީގެ ދުވުންތެރިންގެ ތެރެއިން ހާފު މެރަތަން (21.2 ކިލޯމީޓަރ) އެންމެ އަވަހަށް ނިންމާ 5 ބައިވެރިއަކުހޮވާ، ސެޓްފިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އޭގެ މާނައަކީ ހާފު މެރަތަންގައި ދުވާ 35 އަހަރާ 45 އަހަރާ ދެމެދުގެވެސް އެންމެ އަވަހަށް ނިންމާ 5 ބައިވެރިން. އަދި 46 އަހަރުން މަތީގެވެސް އެންމެ އަވަހަށް ނިންމާ 5 ބައިވެރިން ހޮވާ ސެޓްފިކެޓް ދޭނަމޭ އެމީހުން ނިންމި ޓައިމް ޖަހާފަ" އައްބެ ވިދާޅުވިއެވެ.

އައްބެ ވިދާޅުވީ މި ޢުމުރުފުރާތަކަށް ސެޓްފިކެޓް ދިނުމަށް ނިންމީ އަބަދުވެސް ވަނަތަކަށް ހޮވެނީ ޒުވާން ދުވުންތެރިން ކަމަށާއި ނަމަވެސް ދޮށީ ޢުމުރުގެ ވަރަށް ގިނަ މީހުންވެސް މިހާރު ދުވާތީ، އެފަދަ މީހުންނަށްވެސް ހިތްވަރުދިނުމަށް ކަމަށެވެ.

މީގެ އިތުރުން މިޑްނައިޓް ރަންގެ ހާފު މެރަތަން ނިންމާ ދުވުންތެރިންނަށް އަގު ވަޒަން ކުރުމުގެ ގޮތުން ފިނިޝަރ ޓީޝާޓުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދުވުން ނިންމާ ހުރިހާ ބައިވެރިންނަށް މެޑެލްވެސް ލިބޭނެއެވެ.

މިއަހަރުގެ މިޑްނައިޓްރަން މި އޮކްޓޯބަރ މަހުގެ 19 ވާ ބްރާސްފަތިދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ އިރު، ބައިވެރިވުމުގެ ފުރުޞަތު 10 އޮކްޓޯބަރ ވާ އަންގާރަ ދުވަހާއިހަމައަށްވަނީ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ދުވުންވެސް ބާއްވާނީ މާލޭގައި ކަމަށެވެ.

މިއަހަރުގެ ދުވުމުގައި 10 އަހަރުންދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކިޑްސް ސްޕްރިންޓާއި ހިނގަން ނުވަތަ ދުވަން އަލަށް ފަށައިގަންނަމީހުންނަށް 10 ކިލޯމީޓަރު ހިނގުން ވަނީ ހިމަނާފައެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަލިކިލެގެފާނު މަގުގައި ހުންނަ ގ. ކަކާގެއާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފިޒިއޯ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ހަވީރު 18:00އަށް ވަޑައިގަތުމުން ހަމަޖެހޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް