އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރިޔަމް މައްސޫދް ލާމް- އުމުރުން 8 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒާއެއް

މަރިޔަމް މައްސޫދް ލާމް- އުމުރުން 8 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒާއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

މަރިޔަމް މައްސޫދް ލާމް އަކީ އެމެރިކާގެ ނިއު ޖަރސީގައި ދިރިއުޅޭ އުމުރުން 10 އަހަރުގެ ހާފިޒާއެކެވެ. އޭނާ އެންމެ ފުރަތަމަ ކީރިތި ޤުރްޢާން ކިޔަވަން ފެށީ އުމުރުން ދެއަހަރުގައެވެ. އަދި އުމުރުން އަށް އަހަރުގައި، ކީރިތި ޤުރްޢާން އެއްކޮށް އޭނާ ހިތުދަސް ކުރިއެވެ.

އެފަދަ ޅައުމުރުގައި ކީރިތި ޤުރްޢާން ހިތުދަސް ކުރުމުގެ އިތުރުން، މަރިޔަމް މައްސޫދަކީ ދީނީ ކަންތައްތަކަށް ވަރަށް ފުރިހަމަ އަޙައްމިއްޔަތު ކަމެއްދީ، ދީނީ އަޅުކަން އަދާ ކުރުމުގައި އެފަދަ ދެވަނައެއް ނެތް މިސާލެކެވެ.

އިސްލާމްދީނުގެ ފަސް ރުކުން ފުރިހަމައަށް އެނގުމުގެ އިތުރުން، މަރިޔަމް އަކީ އޭނާއަށް ލިބިފައިވާ ޢިލްމު އެހެން ކުދިންނަށް ވެސް އުނގަންނައި ދިނުމަށް ވަރަށް ޝައުޤުވެރިވާ ކުއްޖެކެވެ. އެގޮތުން އޭނާ ދިރިއުޅޭ ގޭގެ ބޭސްމެންޓުގައި ސްޓޫޑިއޯ އެއް ހަދާ، ތުއްތު ކުދިންނަށް އިސްލާމްދީނާއި ބެހޭ ގޮތުން މަޢުލޫމާތުދީ ކީރިތި ޤުރްޢާން އުނގަންނައިދެއެވެ. އަދި މީގެ އިތުރުން، ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، އެކިއެކި ޖަމިއްޔާ ޖަމާޢަތުގެ މަސައްކަތްތައް ވެސް މަރިޔަމް ކުރެއެވެ.



އޭނާގެ ބުރަ މަސައްކަތްތަކުން، ހޯދި ބައެއް ކާމިޔާބީތަކުގެ ތެރޭގައި، 2013 އަދި 2014 ވަނަ އަހަރު "ހެލްޕިންގ ހޭންޑް ޤުރްއާނިކް ޗެމްޕިއަންޝިޕް" ހިމެނެއެވެ.

އެފަދަ ޅައުމުރުގައި ހާފިޒާއަކަށް ވެވުނީ އޭނާގެ މައިންބަފައިންގެ ސަބަބުން ކަމަށް މަރިޔަމް މައްސޫދު ބުނެފައިވެއެވެ. ކީރިތި ޤުރްޢާން ހިތުދަސްކޮށް ދިނުމަށް އެދެމީހުން ވެސް މަރިޔަމް އަށް އެހީތެރިވެދިނެވެ. އެގޮތުން މަރިޔަމް އަށް ތަޖްވީދު މަގުން ޤުރްޢާން ކިޔަވަން އޭނާގެ މަންމަ ދަސްކޮށްދިން ކަމަށާއި، ކީރިތި ޤުރްޢާން ހިތުދަސް ކުރުމަށް ބާރުއެޅުމުގެ ގޮތުން، އޭނާގެ މަންމަ ބައެއް ފަހަރު އޭނާއާއި ވާދަ ޖެހި ކަމަށް ވެސް މަރިޔަމް ބުންޏެވެ. ސްކޫލްގެ ފިލާވަޅުތައް ހެދުމުގައި މަރިޔަމް ގެ ބައްޕަ އެހީތެރިވެދެއެވެ. އޭނާގެ ބައްޕައަކީ ސޮފްޓްވެއާރ އިންޖިނިއަރެކެވެ. ބައެއްފަހަރު ބައްޕަގެ މަސައްކަތުގައި މަރިޔަމް ވެސް އެހީތެރިވެދެއެވެ.



މުސްތަޤްބަލަށްޓަކައި މަރިޔަމް މައްސޫދު ދެކޭ ހުވަފެނަކީ، ދީނީ ޢިލްމުވެރިއަކަށް ވުމާއި އޭނާގެ ބައްޕަ ފަދައިން ސޮފްޓްވެއާރ އިންޖިނިއަރަކަށް ވުމެވެ. ތުއްތު ކުދިންނަށް އޭނާ ދޭ ނަސޭޙަތަކީ، ޅައުމުރުން ފެށިގެން ކީރިތި ޤުރްޢާން ހިތު ދަސްކުރުމަށް މަސައްކަތް ކުރުމަށާއި މިއުޒިކާއި ދުރުވުމަށެވެ. މިއުޒިކަކީ ޤުރްޢާނާއި ދުރުކުރުވާނެ އެއްޗެއް ކަމަށް މަރިޔަމް މައްސޫދު ނަސޭޙަތްތެރި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ