އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ކަންކަން އިޞްލާޙްކުރުމަށް އދ ގެ މަންދޫބު ގޮވާލައިފި

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ކަންކަން އިޞްލާޙްކުރުމަށް އދ ގެ މަންދޫބު ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ކަންކަން އިޞްލާޙްކުރުމަށް އދ ގެ ަމަންދޫބު ދިވެހި ރާއްޖެއަށް ގޮވާލައިފިއެވެ. މިކަމަށް ގޮވައިލީ ރާއްޖޭގެ 54 ވަކީލުން ސަސްޕެންޑް ކުރުމާއި ގުޅިގެން އދ ގެ ސްޕެޝަލް ރިޕޯޗުއަރ އޮން ދި އިންޑިޕެންޑެންސް ޖަޖަސް އެންޑް ލޯޔަރސް ޑިއޭގޯ ގާރިއާ އަނެވަ ޖެނީވާގައެވެ.

އޭނާ ބުނެފައިވަނީ މިފަދަ ކަންކަން ބެލުމަށް ލޯޔަރުންގެ މިނިވަން ބާރ އެސޯސިއޭޝަނެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ އެސޯސިއޭޝަނެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ލޯޔަރުން ހިމާޔަތްކުރުން އޮންނަން ޖެހޭނެ ކަމަށެވެ.

ލޯޔަރުންގެ ކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތްތަކުގައި ފިޔަވަޅު އެޅުމުގެ ބާރު އެ އެސޯސިއޭޝަނަށް ލިބެންޖެހޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރާއްޖޭގައި ޤާނޫނީ ވަކީލުންގެ އެފަދަ ޖަމިއްޔާއެއް ނެތުމުގެ މައްސަލަ އަކީ ވަރަށް ކުރިންސުރެ ފާހަގަކުރެވެމުން އަންނަ މައްސަލައެކެވެ. 54 ޤާނޫނީ ވަކީލުންނާއިމެދު ފިޔަވަޅު އަޅާފައިވަނީ ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މިއީ ވަކީލުންވެސް ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ކަމެކެވެ.

ގުޅުންހުރި ލިޔުން:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް