އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމެއިރާ ރިސޯޓުން 15,000 ރުފިޔާގެ އަގުހުރި ފުޓްސަލް މުބާރާތެއް ފަށައިފި

ޖުމެއިރާ ރިސޯޓުން 15,000 ރުފިޔާގެ އަގުހުރި ފުޓްސަލް މުބާރާތެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ޖުމެއިރާ ރިސޯޓުން 15,000 ރުފިޔާގެ އަގުހުރި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

މިއީ އެ ރިސޯޓާއި ކައިރީގައި އޮންނަ 4 ރިސޯޓުކަމަށްވާ ވެލައްސަރު، ވާދޫ، ތާޖު އަދި އަނަންތަރާ ރިސޯޓަށް ދައުވަތުދީގެން ކުޅޭ މި މުބާރާތަކީ މި އޮކްޓޯބަރ މަހުގެ 22 އާހަމައަށް ކުރިއަށްދާ މުބާރާތެކެވެ. އަދި މި މުބާރާތުގައި 6 ޓީމަކުން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ޖުމެއިރާގެ 2 ޓީމު ހިމެނެއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް އެ ރިސޯޓުގައި ރޭ ވަނީ ބާއްވާފައެވެ. އެ ރިސޯޓުގެ އިސްވެރިންނާއި އެކި ޑިޕާޓްމެންޓުތަކުގެ ހެޑުންނާއި ގިނަ ޢަދަދެއްގެ ގެސްޓުންނާއި މުއައްޒަފުން ބައިވެރިވި މި ރަސްމިއްޔާތުގައި ޖުމެއިރާގެ ބޭންޑެއް ކަމަށްވާ ބާޒީ ބޭންޑުންވަނީ ވަރަށް ފުރިހަމަ އަމިއްލަ ލަވައެއް ހުށަހަޅައިދީފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޖުމެއިރާގެ މައިތިރި ޓީމާއި ތާޖު ރިސޯޓެވެ. މިމެޗު 0-5 ލަނޑުން ކާމިޔާބު ކުރީ ޖުމެއިރާގެ މައިތިރި ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޖުމެއިރާ މައިތިރި ޓީމުގެ ކެޕްޓަން ނިމާލް އަޙްމަދެވެ.

ޖުމެއިރާ ބޮލި ކޮމެޓީން އިސްނަގައިގެން އެޗްއާރް ޑިޕާޓްމެންޓާއި ގުޅިގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15,000 ރުފިޔާ އަދި ޖެނެރަލް މެނޭޖަރ މިސްޓަރ އަމިތް ދެއްވާ 10,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރ-އަޕް ޓީމަށް 7500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މިއަހަރުގެ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިރު، ސެމީއަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ. އަދި ފައިނަލަށް ދާނީ ސެމީގައި ކްރޮސްކޮށް ކުޅެ، މޮޅުވާ ދެޓީމެވެ.

ޖުމެއިރާ ވިލަވެއްޓި ރިސޯޓުން މި މުބާރާތް މީގެކުރިން ބާއްވާފައިވަނީ އެ ރިސޯޓުގެ މުއައްޒަފުންނަށް އެކަންޏެވެ. އެހެންނަމަވެސް ރާއްޖޭގައި ފުޓްސަލްގެ ފޯރިގަދަކުރުމާއި ހުނަރުވެރިން އިތުރުކުރުމުގެގޮތުން މި މުބާރާތް ފުޅާކުރުމަށް ނިންމާ، އެހެން ރިސޯޓުތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީކަމަށް ޖުމެއިރާ އިން ބުންޏެވެ.

މިއީ ރާއްޖޭގެ ރިސޯޓަކުން މިފަދަ ގޮތަކަށް ބާއްވާ އަމިއްލަ އެންމެބޮޑު މުބާރާތަށްވާ އިރު، ކުރިއަށް އޮތްތާނގައި އިތުރު ޓީމުތަކަށް ދަޢުވަތު ދިނުމަށް ވަނީ ނިންމާފައެވެ.

ޖުމެއިރާ އަކީ މުއައްޒަފުންގެ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ރާވާ ހިންގާ ރިސޯޓަކެވެ. އޭގެ އިތުރުން އިޖުތިމާޢީ ގިނަ ހަރަކާތްތަކެއްވެސް އަންނަނީ ރާވާ ހިންގަމުންނެވެ. އެގޮތުން ލޭ ހަދިޔާ ކުރުމާއި ތަފާތުއެކި ހަރަކާތްތައް ހިންގާކަން ފާހަގަކޮށްލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް