އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ އަޒާބުން ސަލާމަތް ވެވޭނެ ހަ ކަމެއް!

ނަރަކައިގެ އަޒާބުން ސަލާމަތް ވެވޭނެ ހަ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ނަރަކަ ނުވަަތަ ޖަހައްނަމުގެ ވޭންދެނިވި އަލިފާންގަނޑުން ސަލާމަތްވާން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކަށް ވެސް ވަރަށް މުހިންމު ކަމެކެވެ. ދުުނިޔޭގައި ނުބައި ޢަމަލުކޮށް އުޅުނު ފަރާތްތަކަށް އަޒާބެއްގެ ގޮތުން ކަނޑައަޅާފައިވާ ތަނަކީ ނަރަކަ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެވޭނުން ސަލާމަތްވާން ކޮންމެ އިންސާނަކުވެސްބޭނުންވާނެއެވެ.

ޖަހަންނަމައިގެ އަލިފާނުން މުސްލިމުން ސަލާމަތްވާނެ ވަރަށް ފަސޭހަ ގޮތްތަކެއް ކީރިތި ޤުރްޢާނާއި ރަސޫލާ ﷺގެ ޙަދީޘް ތަކުން އެނގެން ހުރެއެވެ. އެގޮތުން ހިމެނޭ ހަ ކަމަކީ:

• މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺއަށް އީމާންވުން

އުބައިދާ އިބްން ސަމިތް ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާވެއެވެ. ރަސޫލާ ﷺޙަދީޘް ކުރެއްވިއެވެ. " ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދު (ﷺ) ގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ފުރިހަމައަށް އީމާންވެއްޖެ މީހާގެ ހަށިގަނޑުގައި ނަރަކައިގެ އަލިފާންގަނޑު ޖެހުން އެކަލާނގެ ނަހީކުރައްވަތެވެ"

• އެހެން މީހުންނަށް ކަމޭހިތުން

އަބްދުﷲ އިބްނު މައްސޫދު ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާވެއެވެ. ރަސޫލާﷺޙަދީޘް ކުރެއްވިއެވެ.

"ފަހެ އެއަލިފާންގަނޑު އެބައެއްގެ ގައިގާ ނުޖެހޭނެ އަދި އެބައެއް އެއަލިފާންގަނޑުގައި ނުޖެހޭނީ ކޮންބައެއްކަން ތިމަންކަލޭގެފާނު ނަންގަންނަންތޯއެވެ؟ އެބަހީ އެއީ އެހެން މީހުންނާއި ގާތް، ރަޙުމަތްތެރި އަދި އެބަޔަކާއި ފަސޭހައިން ވާހަކަ ދެއްކޭނެ މީހުންނެވެ"

• ޤަވައިދުން ނަމާދުކުރުން

އަބޫ ހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. ރަސޫލާ ﷺޙަދީޘްކުރެއްވިއެވެ.

"އެއަލިފާންގަނޑަށް އާދަމްގެފާނުގެ ހުރިހާ ދަރިން ވެއްޓުނު ކަމުގައި ވިޔަސް، ޤަވައިދުން ސަޖިދަ ޖަހާ (ނަމާދު ކުރާ) މީސްތަކުން ނުވެއްޓޭހުއްޓެވެ. އެބަހީ ޤަވައިދުން ސަޖިދަ ޖަހާ (ނަމާދު ކުރާ) މީހުން އަލިފާންގަނޑަށް ނުވައްޓަން އެކަލާނގެ އެއަލިފާންގަނޑަށް އަމުރު ކުރައްވަތެވެ."

• މާތް ﷲ ދެކެ ބިރުން، ކަރުނައަޅާ ރޯ އަޅުން

އަބޫ ހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. ރަސޫލާ ﷺޙަދީޘް ކުރެއްވިއެެވެ.

"މާތް ﷲ ދެކެ ގަންނަ ބިރުފުޅަކުން ކަރުނަ އަޅާ ރޯމީހަކު، ނަރަކައިގެ އަލިފާންގަނޑަށް ނުވެއްޓޭ ހުއްޓެވެ"

• ޞަދަޤާތް ކުރުން

އަދިއްޔު އިބްނު ހާތިމް ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. ރަސޫލާ ﷺޙަދީޘް ކުރެއްވިއެވެ.

"ޞަދަޤާތެއްގެ ގޮތުގައި ކަދުރު އޮށެއްގެ އެއްފަޅި ނަމަވެސް ދޭމީހާއަށް (ނަރަކައިގެ) އަލިފާންގަނޑުން ސަލާމަތް ވެވޭހުއްޓެވެ."

• ނަރަކައިގެ އަލިފާންގަނޑުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރުން

އަނަސް ބިން މަލިކް ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. ރަސޫލާ ﷺޙަދީޘް ކުރެއްވިއެވެ.

"އެއަލިފާންގަނޑުން ސަލާމަތް ކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ތިން ފަހަރު ދުޢާ ކުރާ މީހާއަށްޓަކައި އެއަލިފާންގަނޑު ބުނާ ހުއްޓެވެ. 'ޔާ ﷲ އޭނާ މިއަލިފާންގަނޑުން ސަލާމަތް ކޮށްދެއްވާންދޭވެ' "

** ނަރަކައިގެ އަޒާބުން ސަލާމަތް ވެވޭނެ މި ހަ ކަންތަކުގެ އިތުރުން ވެސް ކަންތައް ހިމެނެއެވެ. މިލިޔުމުގައި މިހިމަނާލީ އޭގެ ތެރެއިން ހަ ކަމެކެވެ. **


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ