އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެލާ ބީޗްގެ ހިތްގައިމު ރީތިކަމުން، އާޝޯޚު ކުރުވާ!

ކެލާ ބީޗްގެ ހިތްގައިމު ރީތިކަމުން، އާޝޯޚު ކުރުވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ރާއްޖޭގެ އުތުރުން، ތިލަދުންމަތި އަތޮޅުގެ ރަށެއްކަމުގައިވާ ހއ. ކެލާ އަކީ ކެލާދާއިރާގެ މައިރަށުގެ އިތުރުން ވަރަށް ވެސް ރީތި ހިތްގައިމު ރަށެކެވެ.

ރާއްޖޭގައި ހިމެނޭ އެންމެ ރީތި ރަށްތަކުން އެއް ރަށް ކަމުގައިވާ ކެލާ އަކީ، އެންމެ ރީތި ގޮނޑު ދޮށެއް ނުވަތަ ބީޗެއް ވެސް އޮންނަ ކަމަށް ހިމެނޭ ރަށްތަކުގެ ތެރެއިން، އެންމެ ކުރީ ސަފުގައި ވާދަކުރާ އެއް ރަށެވެ.

ކެލާގެ ގޮނޑުދޮށަށް ޖެހޭ ހިތްގައިމު ނަލަނަލަ ވައިރޯޅިއާއި، ސާފު ހުދު ދޮންވެލިގަނޑުން ހީވަނީ އަތިރިމަތީގައި ހުދުކުލައިގެ ދޫލައެއް ފަތުރާލާފައި އޮންނަހެންނެވެ. ރަށުގެ ވަށައިގެން ފެންނަ ފެހިކަން ގަދަ ގަސްތަކާއި ބިއްލޫރިގަނޑެއްހާ ސާފު ވިލުކުލައިގެ މޫދު ފެނުމުން، އެރަށަށުގެ ގޮނޑުދޮށަށްދާ ގިނަ ބަޔަކު ގިނައިރުތަކެއް ވަންދެން އެތަނުގައި މަޑުކުރަން މަޖުބޫރުވެއެވެ. ސަބަބަކީ އެހިތްގައިމު ގޮނޑުދޮށުން އަވަހަށް ދާހިތް ނުވުމެވެ. ގިނަ ގެސްޓުން ސިފަކުރާ ގޮތުގައި އެއީ ހަމަ އެންމެ "ޕަރފެކްޓް ތެރަޕީ" އެވެ.



ކެލާ ބީޗުގެ ރީތިކަމާއި ޗާލުކަމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ދިވެހިންނާއި ފަތުރުވެރިން އެރަށަށް، ޗުއްޓީ ހޭދަ ކޮށްލަން ޒިޔާރަތް ކުރެއެވެ. އެރަށުގައި އުޅޭއިރު، އެއެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމާއި ހިނިތުންވުމެވެ. ކެލާގެ ޤުދުރަތީ ރީތިކަމާއި ގުޅިލާމެހި، ފިކުރުތަކާއި ހިތް ނުތަނަވަސްކަމުން ދުރުވެފައިވާ މަންޒަރެވެ.

ހިތްހެޔޮ އެކުވެރި ރައްޔިތުންތަކެއް އުޅޭ، ހިތްގައިމު ރީތި ރަށެއް ކަމުގައިވާ ކެލާ ވަނީ މިއަހަރު ނޮވެމްބަރ މަހު ބަންޑޮސް އައިލެންޑް ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަޓާޓޯ- މޯލްޑިވްސް ޓްރެވެލް އެވާޑްސް" އަށް ނޮމިނޭޓް ވެފައެވެ. ކެލާ ހިމެނިފައިވަނީ ވެސް "ލީޑިންގ ބީޗް އައިލެންޑް" ކެޓެގަރީގައެވެ.



ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާ ކުރިއަރުވަން ކެލާ އިންވެސް ކޮށްފައިވާ ބުރަ މަސައްކަތުންނާއި އެރަށުގެ ހިތްގައިމު ރީތިކަމުން، މިއެވޯޑު ކެލާ އަށް ލިބުން ވެގެން ދާނީ، މުޅި ރާއްޖެއަށް ވެސް ލިބޭ ވަރަށް ބޮޑު ޝަރަފަކަށެވެ.

އެކި ދާއިރާތަކުގެ ރަށްތަކަށް އޮންލައިންކޮށް ވޯޓު ލެވޭ މިމުބާރާތަށް ވޯޓުލުން ހުޅުވާލެވިފައިވަނީ، މިހިނގާ އޮކްޓޯބަރ މަހުގެ 27 ގެ ނިޔަލަށެވެ. މިމުބާރާތަށް ޕޮއިންޓް ނަގަނީ %60 އެސް.އެމް.އެސް ވޯޓުންނާއި %40 ފަތުރުވެރިންގެ ރިވިއު އިންނެވެ.



ކެލާ ބީޗަށް ވޯޓު ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން: MTA KELA 012 ޖެއްސެވުމަށްފަހު 5005 އަށް އެސްއެމްއެސް ފޮނުއްވާލައްވާށެވެ.

އޮންލައިންކޮށް ވޯޓު ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން: http://travelawards.mv/vote/2 މިލިންކު މެދުވެރިކޮށް ވޯޓު ދެއްވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







kelaa 2017-10-15 19:18:25

Five sms per number

H 2017-10-15 21:07:17

Foto jassavaairu eyge verifaraathah kuredit dhevvun edhen.

Kelaa 2017-10-16 02:02:39

Ma eihme loabi vi , adhives loabivaa kuhjaa ulhryrah ..


މަރިޔަމް ވަހީދާ