އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިލީޒް ކުރުމުގެ ކުރިން "ޕަދްމާވަތީ" ނުދައްކައިފިނަމަ ތިއޭޓަރުތަކުގައި ރޯކޮށްލާނެކަމުގެ އިންޒާރު ދީފި

ރިލީޒް ކުރުމުގެ ކުރިން "ޕަދްމާވަތީ" ނުދައްކައިފިނަމަ ތިއޭޓަރުތަކުގައި ރޯކޮށްލާނެކަމުގެ އިންޒާރު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ސަންޖޭލީލާ ބަންސާލީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ޕަދްމާވަތީ" ރިލީޒް ކުރާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދާއިރު، އެފިލްމުގެ ސްޓާރުންނާއި ޕްރޮޑަކްޝަން ޓީމު އަދި އެފިލްމު ބަލަން ތިއޭޓަރުތަކަށް ދާން ނިންމައިގެން ތިބި މީހުން މިހާރު ވަނީ ވަރަށް ބޮޑު ބިރެއްގެ ތެރޭގައެވެ.

"ޕަދްމާވަތީ" ފުރިހަމަ ފިލްމަކަށް ހެދުމަށްޓަކައި ސަންޖޭލީލާ ބަންސާލީ ވަނީ ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެފިލްމުގެ ސެޓް ހެދުމަށް 200 މަސައްކަތު މީހުން ހަރަކާތްތެރި ވެފައިވާއިރު، ސެޓް އެއްކޮށް ހަދާ ނިމިފައިވަނީ 600 ދުވަހުގެ ތެރޭގައެވެ. މީގެ އިތުރުން ފިލްމުގެ ލީޑް އެކްޓްރެސް ދިޕިކާ ޕަޑުކޯން ގެ ގަހަނާ ތައްޔާރު ކުރުމަށް 400 ކިލޯގެ ރަން ބޭނުންކޮށްފައިވެއެވެ.



ފިލްމުގެ ޓްރެއިލަރ ރިލީޒް ކޮށްފައިވާއިރު، ބޮލީވުޑްގެ އެހެން ތަރިންނާއި ގިނަ ބެލުންތެރިން ވަނީ އެފިލްމަށް ސަނާ ކިޔާފައެވެ. ނަމަވެސް "ޕަދްމާވަތީ" އަކީ އިންޑިއާގެ ރާޖިސްތާނުގެ ތާރީޚަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމަކަށް ވުމުން، އެއަވަށުގެ ރާޖްޕުތު ކޭސްޓް އޯގަނައިޒޭޝަންގެ ކަރްނި ސެނާ ގުރޫޕުން ވަނީ، އެފިލްމު ރިލީޒް ކުރުމުގެ ކުރިން އެމީހުންނަށް ފިލްމު ދެއްކުމަށް ގޮވާލާ، އެގޮތަށް ކަންތައް ނުކޮށްފިނަމަ އެފިލްމު އަޅުވާ ތިއޭޓަރުތަކުގައި ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މިފަދަ ޑިމާންޑެއް އެމީހުން ކުރަނީ، އެފިލްމުގައި ރާނީ "ޕަދްމާވަތީ" އާއި އަލާއުއްދީން ޚިލްޖީ"ލޯބި ކުރާ" މަންޒަރުތަކެއް ހިމެނޭ ކަމަށް ބުނެ އެކަމަށް ތުހުމަތު ކޮށްފައެވެ. އެފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭ ކަމަށް ޕަދްމާވަތީ ޓީމުން ބުނި ކަމުގައި ވިޔަސް، ކަރްނީ ސެނާ ގްރޫޕުން ބުނެފައިވަނީ އެމީހުންނަށް އެކަން ޔަޤީންވާނީ ފިލްމު ބެލުމަށްފަހު ކަމަށެވެ.

"އަހަރުމެން ޑިމާންޑް ކުރަނީ ފިލްމު ރިލީޒް ކުރުމުގެ ކުރިން ރާޖްޕުތު އޯގަނައިޒޭޝަންގެ ބައެއް ރިޕްރެޒެންޓޭޓިވުންނަށް އެފިލްމު ދައްކަން. ފިލްމު އަޅުވަން އަހަރުމެން ހުއްދަ ދޭނީ އެފިލްމު ބެލުމަށްފަހު، އެފިލްމުގައި ރާނީ ޕަދްމާވަތީ ގެ ނަން ހަޑިވާނެ އެއްވެސް މަންޒަރެއް ނުހިމެނޭނަމަ. އަހަރުމެންގެ ޑިމާންޑް ފުރިހަމަ ނުކޮށް ފިލްމު އަޅުވައިފިނަމަ ތިއޭޓަރުތަކުގައި ރޯކޮށްލާނަން. ފިލްމު ބެލުމަށްފަހު ވެސް، އެފިލްމުގައި ރާނީ ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީ އާއި ދެމެދު އެއްވެސް 'ލޯބިކުރާ' މަންޒަރެއް ހިމެނޭނަމަވެސް ސިނަމާ ހޯލްތަކުގައި ރޯކޮށްލާނަން. ތާރީޚުގައި ހިނގާފައިވާ އެއްވެސް ކަމެއް ބަދަލުކޮށް އޭގެ ތެރެއަށް ނަހަމަ އަމަލުތަކެއް ވައްދާ، ތާރީޚަށް އިޚުތިރާމު ނުކުރުމަކީ އަހަރުމެން ބަލައިގަންނާނެ ކަމެއް ނޫން. އަހަރުމެންގެ މެންބަރުންނަކީ ކަނޑިއާއި ލޮންސީގެ އިތުރުން އޭކޭ 47 ބަޑި ފަދަ ހަތިރާރުތައް ބޭނުން ކުރަން ދަންނަ ފުރިހަމައަށް ޓްރެއިންވެފައި ތިބި މީހުން" ކަރްނީ ސެނާ ގުރޫޕުގެ މެންބަރެއް ކަމުގައިވާ ޖައި ރާޖްޕުތާނާ ސަންގް އިންޑިއާ.ކޮމް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެ ދެމަހެއްހާ ދުވަސް ކުރިން ކަރްނީ ސެނާ ގުރޫޕުން ވަނީ "ޕަދްމާވަތީ" ފިލްމުގެ ސެޓެއްގައި ރޯކޮށްލާ، ތާރީޚީ ޒަމާނުގައި ބޭނުންކުރި ވަރަށް ގިނަ ހެދުންތައް އަންދާ އަޅިއަށް ހަދާފައެވެ. އެކަމުގެ ސަބަބުން ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުންކަމަށް އެޓީމުން ބުނެފައިވެއެވެ.

"ޕަދްމާވަތީ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދަނީ ބޮލީވުޑް ގެ އެންމެ މަޝްހޫރު އެކްޓަރުން ކަމުގައިވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރް ސިންގް އަދި ޝާހިދު ކަޕޫރު އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ