އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމެއިރާ ބޮލި ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ މެޗު ވާދޫއިން ކާމިޔާބުކޮށްފި

ޖުމެއިރާ ބޮލި ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ މެޗު ވާދޫއިން ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު


ޖުމެއިރާ ރިސޯޓުގައި މިހާރުކުރިއަށްދާ "ޖުމެއިރާ ބޮލި ކަޕް"ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ވާދޫ ރިސޯޓުން ކާމިޔާބުކޮށްފިއެވެ.
އެ ޓީމުން މިމެޗު ކާމިޔާބުކުރީ ޖުމެއިރާގެ ޒީރީ ޓޮލަރެންސް އާވާދަކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު (40 މިނެޓް) ހަމަވި އިރު، އެއްވެސް ޓީމަކަށް ލީޑު ނެގިފައިނުވާތީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީޝޫޓް އައުޓުގައި ވާދޫ އިން ކުރި ހޯދީ 6 ލަނޑު 5 ލަނޑުންނެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޖުމެއިރާގެ މައިތިރި ޓީމާއި ވެލައްސަރެވެ.

މި އޮކްޓޫބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވާ މި މުބާރާތަކީ އެ ރިސޯޓާއި ކައިރީގައި އޮންނަ 4 ރިސޯޓުކަމަށްވާ ވެލައްސަރު، ވާދޫ،ތާޖު އަދި އަނަންތަރާ ރިސޯޓަށް ދައުވަތުދީގެން ޗެމްޕިއަން ޓީމަށް 15,000 ރުފިޔާ ލިބޭ އަގުހުރި ފުޓްސަލް މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި 6 ޓީމަކުން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ޖުމެއިރާގެ 2ޓީމު ހިމެނެއެވެ.


ޖުމެއިރާ ބޮލި ކޮމެޓީން އިސްނަގައިގެން އެޗްއާރް ޑިޕާޓްމެންޓާއި ގުޅިގެންބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ 15,000 ރުފިޔާގެ އިތުރުން އެ ރިސޯޓުގެ ޖެނެރަލްމެނޭޖަރ މިސްޓަރ އަމިތް ދެއްވާ 10,000 ރުފިޔާވެސް ދިނުމަށް ވަނީ ނިންމާފައެވެ.އަދި ރަނަރ-އަޕް ޓީމަށް 7500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ޖުމެއިރާ ވިލަވެއްޓި ރިސޯޓުން މި މުބާރާތް މީގެކުރިން ބާއްވާފައިވަނީ އެރިސޯޓުގެ މުއައްޒަފުންނަށް އެކަނިނަމަވެސް ރާއްޖޭގައިފުޓްސަލްގެ ފޯރިގަދަކުރުމާއި ހުނަރުވެރިން އިތުރުކުރުމުގެގޮތުން މިމުބާރާތް ފުޅާކުރުމަށް ނިންމާ، އެހެން ރިސޯޓުތަކަށްވެސް ބައިވެރިވުމުގެފުރުޞަތު ހުޅުވާލާ މިއަހަރުގެ މުބާރާތަށް އިތުރު ފުރުހަމަކަމެއް ވަނީ ގެނެސްފައެވެ.
މިއީ ރާއްޖޭގެ ރިސޯޓަކުން މިފަދަ ގޮތަކަށް ބާއްވާ އަމިއްލަ އެންމެބޮޑުމުބާރާތަށްވާ އިރު، ކުރިއަށް އޮތްތާނގައި އިތުރު ޓީމުތަކަށް ދަޢުވަތުދިނުމަށް ވަނީ ނިންމާފައެވެ.

ޖުމެއިރާ އަކީ މުއައްޒަފުންގެ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ރާވާހިންގާ ރިސޯޓަކެވެ. އޭގެ އިތުރުން އިޖުތިމާޢީ ގިނަ ހަރަކާތްތަކެއްވެސްއަންނަނީ ރާވާ ހިންގަމުންނެވެ. އެގޮތުން ލޭ ހަދިޔާ ކުރުމާއި ތަފާތުއެކިހަރަކާތްތައް ހިންގާކަން ފާހަގަކޮށްލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް