އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެމްކޯއިން ވިލިމާލޭގައި ކުނި އުކާލަން އަތުކުރި އޮޅާލާ، އަންނަ ނޮވެމްބަރ މަހު ޚިދުމަތް ފަށަން ތައްޔާރުވެއްޖެ

ވެމްކޯއިން ވިލިމާލޭގައި ކުނި އުކާލަން އަތުކުރި އޮޅާލާ، އަންނަ ނޮވެމްބަރ މަހު ޚިދުމަތް ފަށަން ތައްޔާރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ވެމްކޯއިން ވިލިމާލޭގައި ކުނި އުކާލަން އަތުކުރި އޮޅާލާ، އަންނަ ނޮވެމްބަރ މަހު ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނީ ކުނިއުކާލުމުގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ސަރވޭ ކުރުމާއި ރަޖިސްޓްރީ ކުރުމުގެ ކަންތައް ކަމަށެވެ.

ވެމްކޯއިން ބުނީ އެހީދޭ އެޖެންސީތަކާއި ބޭރުގެ ފަރާތްތަކުންއަންނައިރު، ކުންޏާއިބެހޭ ސްޓެޓިސްޓިކް މީގެ ކުރިން ނުހުންނަ ކަމަށާއި އެހެންވެ ކޮންމެތަނެއް ފެށުމުގެ ކުރިން އެތަނެއްގައި ކުނިމެނޭޖްކުރަމުންދާ ގޮތުގެ ހުރިހާ މަޢުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

ވިލިމާކޭގައި ކުނި އުކާލުމުގެ ޚިދުމަތް ނޮވެމްބަރ މަހު ފެށުމަށް ނިންމާފައިވާ އިރު، އެ އަވަށަށް ބޭނުންވާ މުވައްޒަފުން ހޯދަން "އޯޕަން ޑޭ" އެއް މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އޯޕަން ޑޭ ކުރިއަށް ގެންދާނީ ވިލިމާލޭގައި މާދަމާހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށެވެ.

ވިލިމާލެއަކީ އިންޖީނުލީ އުޅަނދުތައް މަދުން ދުއްވާ ތަނަކަށްވާތީ އެއަވަށުގައި ބޮޑަށް ބޭނުން ކުރާނީ އިލެކްޓްރިކް ޓްރައި ސައިކަލް ކަމަށާއި ގާތްގަޑަކަށް 50 މުއައްޒަފުން ވިލިމާލޭ ވެމްކޯގެ ޚިދުމަތަށް ބޭނުންވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވެމްކޯ އިން ބުނީ ވަޒީފާދިނުމުގައި އިސްކަން ދޭނީ ދިވެހިންނަށް ޚާއްސަކޮށް ވިލިމާލޭގައިދިރިއުޅޭ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް