އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާއަށް ކިޑްނީއެއް ދޭނެ މީހެއް ލިބޭތޯ ކޮންމެ ދުވަހަކު މިމީހާ ހިނގާ

އަނބިމީހާއަށް ކިޑްނީއެއް ދޭނެ މީހެއް ލިބޭތޯ ކޮންމެ ދުވަހަކު މިމީހާ ހިނގާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އޫޓާގެ މަގުތަކުގައި ކޮންމެ ދުވަހަކު އުމުރުން 74 އަހަރުގެ ވޭން ވިންޓަރސް، އޭނާގެ ބަލިވެފައި އޮތް އަނބިމީހާއަށް ކިޑްނީއެއް ދޭނެ މީހެއް ވޭތޯ ހިނގައެވެ.

ވޭން މަގުތަކުގައި ހިނގަނީ "އަނބިމީހާއަށް ކިޑްނީ އޭ-4 އެއް ބޭނުން 0278-675" މިހެން ލިޔެފައިވާ ބޯޑެއް ހިފައިގެންނެވެ. އޭނާގެ އަންހެނުން ޑައިއޭންގެ ކިޑްނީ ފެއިލްވެ، މިހާރު ހުރީ ފަސް ވަނަ ސްޓޭޖްގައެވެ. ވޭން ބުނިގޮތުގައި ބޯޑެއްގައި އެހެން ލިޔެގެން ހިނގަން އޭނާއަށް ވިސްނުނީ، އެފަދަ ގޮތަކަށް އެހެން މީހެއް ވެސް އެމީހާގެ އަނބިމީހާއަށް އެހީތެރިވެދޭން އުޅުނުކަމުގެ ޚަބަރެއް އޭނާއަށް އިވިފައިވުމުންނެވެ.



އަނބިމީހާއަށް ކިޑްނީ އެއް ހަދިޔާ ކުރާނެ ފަރާތެއް ހޯދުމަށްޓަކައި، މިމަަސައްކަތުގައި ވޭން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އޭނާ ބުނި ގޮތުގައި އެއްފަހަރު ޓެކްސީ ޑްރައިވަރެއް އޭނާގާތު މަޑުކޮށްފައި، އެމީހާގެ ކިޑްނީ ވޭންގެ އަންހެނުންނާއި ދިމާވޭތޯ ޓެސްޓު ކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް ފަހުން އެޓެކްސީ ޑްރައިވަރުގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ވެސް ވޭން ބުންޏެވެ.

ވޭން ވިންޓަރސް ބުނި ގޮތުގައި، އޭނާއާއި އޭނާގެ އަނބިމީހާ ދުނިޔޭގައި ހުރިހާ ހިނދަކު، އޭނާގެ އަނބިމީހާއަށް ކިޑްނީއެއް ދޭނެ ހެޔޮ އެދޭ ފަރާތެއް ހޯދުމުގެ މަސައްކަތް އޭނާ ނުހުއްޓާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ