އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގައި މޮބައިލުން އިންޓަރނެޓް ބޭނުންކުރާ މީހުންގެ ޢަދަދު 1.2 ބިލިއަނަށް އަރައިފި

ޗައިނާގައި މޮބައިލުން އިންޓަރނެޓް ބޭނުންކުރާ މީހުންގެ ޢަދަދު 1.2 ބިލިއަނަށް އަރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ޗައިނާގައި މޮބައިލުން އިންޓަރނެޓް ބޭނުންކުރާ މީހުންގެ ޢަދަދު 1.2 ބިލިއަނަށް އަރައިފިކަމަށް އެޤައުމުގެ އިންޑަސްޓްރީ އެންޑް އިނފޮރމޭޝަން ޓެކްނޮލޮޖީ އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ބުނީ މިއީ މިއަހަރުގެ ތެރޭގައި އެކަނިވެސް 72 މިލިއަން މީހުން މޮބައިލްފޯނުން އިންޓަރނެޓް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި 900 މިލިއަން މީހުން ބޭނުން 4G ބޭނުންކުރާ އިރު، 150 މިލިއަން މީހުން 3G ބޭނުންކުރާ ކަމަށެވެ.

ފިކްސްޑް ލައިން ޓެލެފޯން ބޭނުންކުރާ މީހުންގެ ޢަދަދު 197 މިލިއަނުން 9 މިއަނަށް ތިރިވެފައިވާ ކަމަށާއި ނަމަވެސް ބްރޯޑްބޭންޑު އިންޓަރނެޓް ބޭނުންކުރާ މީހުން އިތުރުވަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރ މަހާއި ހަމައަށް އެ ޢަދަދު 40 މިލިއަނުން 330 މިލިއަނަށް އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް