އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ސިއްރު ދެހެކިން ހުށަހަޅައިފި

ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ސިއްރު ދެހެކިން ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރ އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައިވާ ސާބިތުކުރުމަށް ދައުލަތުން ސިއްރު ދެހެކިން ހުށަހަޅައިފިއެވެ.

މިހެކިން ހުށަހަޅާފައިވަނީ މިއަދު 11:30ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައެވެ.

މިއަދުގެ ޝަރީޢަތުގައި ދައުލަތުންވަނީ ސިއްރު ދެ ހެކިންނާއި ސިވިލް ކޯޓުގެ ހުކުމަކާއި އިލެކްޝަންސްކޮމިޝަނުގެ ސިޓީއކާއި ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމްޢަބްދުﷲ ފުލުހަށް ފޮނުވާފައިވާ ސިޓީއެއް ހުށަހަޅާފައެވެ.

ދައުލަތުންބުނީ ހުށަހެޅި ދެ ހެކީންނަކީ މާރޗް މަހުގެ 12 ވަނަ ދުވަހު މޫކައިސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިބި ދެ މީހުން ކަމަށާއި ބޭނުމަކީ ފާރިސް ވާހަކަ ދައްކާފައިވަނީ ފާރިސް އަކީ ޕީޕީއެމްގެ މެމްބަރެއްކަމަށްސިފަވާ ގޮތަށް ކަމަށްވާތީ ކަމަށެވެ.

ސިއްރުދެ ހެކިން ހުށަހެޅުމުން ފާރިސްގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ. އެގޮތުން އިޖުރާއީ ނުކުތާގައި ބުނީ ސިއްރު ހެކި ހުށަނޭޅޭނެ ކަމަށާއި އެ ފުރުސަތުދައުލަތުން ދޫކޮށްލާފައިވާކަމަށެވެ. އަދި ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ސިއްރު ހެއްކެއް ހުށަހަޅަން ބޭނުންނަމައެކަން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ކަންކަމުގެ ތެރޭގައި ހުށަހަޅަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސިއްރު ހެކިން ހުށަނޭޅޭނެކަމަށް ފާރިސްގެ ފަރާތުން ބުނުމުން ގާޒީ އިބްރާހިމް ޢަލީ ވިދާޅުވީހެކިބަސް ނަގާ މަޖިލީހުގައި ހެކިބަސް ނަގާނީ ސިއްރުންތޯ ނުވަތަ ނޫންތޯނިންމާނެ ކަމަށެވެ.

ހެކި ސިއްރުކުރުމާއިބެހޭގޮތުން ދައުލަތުން ބުނީ އިޤްތިޞާދީ ބޮޑު ގެއްލުމެއް އެ ދެހެކީންނަށް ލިބިދާނެތީ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް