އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަށްވަޅުގެ އަޒާބާއި ބެހޭ އިބްރަތްތެރި ވީޑިއޯ އެއް!

ކަށްވަޅުގެ އަޒާބާއި ބެހޭ އިބްރަތްތެރި ވީޑިއޯ އެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ކޮންމެ އިންސާނެއް ވެސް މަރުވުމަށްފަހު ދެން ކުރިމަތިލާން ޖެހެނީ ކަށްވަޅުގެ އިމްތިހާނު ތަކާއެވެ. ހެޔޮ ޢަމަލުތައްކޮށް ދުނިޔެމަތީގައި ސީދާ ވެގެންވާ ތެދުމަގަށް އުޅުނު މީހުންނަށް އެކަށްވަޅު ވެގެންދާނީ އަރާމުތަނަކަށްކަން ކީރިތި ރަސޫލާ މުޙައްމަދު صلىاللهعليهوسلمގެ ޙަދީޘްފުޅުތަކުން ވެސް ބަޔާން ވެގެންވެއެވެ. ނަމަވެސް ތެދުމަގަށް ނޫޅޭ މީހުންނަށް، ހަމަޔަޤީނުންވެސް ކަށްވަޅުގައި އޮތީ އަޒާބުކަން އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ.



މިވީޑިއޯ އިން ފެންނަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކު މަރުވުމަށްފަހު، އޭނާގެ ގަބުރަށް ވެފައިވާ ގޮތެވެ.

އުމުރުން 18 އަހަރުގެ އެފިރިހެން ކުއްޖާ މަރުވީ ހޮސްޕިޓަލެއްގައެވެ. އޭނާ މަރުވި ދުވަހު، އިސްލާމީ ހަމަތަކުގެ މަތިން ހިނަވާ ވުޟޫ ކުރުވުމަށްފަހު އޭނާގެ ހަށިގަނޑު ވަޅުލެވުނެވެ.

ނަމަވެސް އެކުއްޖާ މަރުވި ސަބަބެއްކަމަށް ޑޮކްޓަރުން ބުނި ބުނުމާއިމެދު އޭނާގެ ބައްޕައަށް ޝައްކު ކުރެވޭތީ، އެކުއްޖާގެ މަރުގެ ޙަގީގަތް ހޯދަން އޭނާގެ ބައްޕަ ބޭނުންވިއެވެ. އެކުއްޖާގެ ބައްޕަ ހުއްޓާނުލާ އެދުމުގެ ސަބަބުން، މަރުވެގެން ވަޅުލިތާ ތިން ގަޑީރުފަހުން އެކުއްޖާގެ ގަބުރު ކޮނެ ހަށިގަނޑު ނެގުނެވެ.

ހަށިގަނޑު ކޮނެގެން ނެގުމަށްފަހު، އެކުއްޖާގެ ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އެކުއްޖާގެ މަރުވެފައި އޮތް ހަށިގަނޑު އޮތީ، އެންމެ ތިން ގަޑީރު ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެފައެވެ. އޭނާގެ މުޅި ހަށިގަނޑަށް ވަނީ އަޅިކުލަ އަރާފައެވެ. އެކިވަރުވަރުގެ ޒަހަމްތައް ވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުއްޓެވެ. ހީވަނީ ވަރަށް ހަރުކަށި އަދަބުތަކެއް ލިބިފައިވާހެންނެވެ. އޭނާގެ ދެއަތާއި ދެފައިގެ ކަށިތައް ވެސް ވަނީ ބިނދިފައެވެ. އެކުއްޖާގެ މުޅި ހަށިގަނޑުވަނީ އެކި ވަރުގެ ޒަހަމްތަކުން ފުރިފައެވެ.

އޭނާގެ ހުޅުވިފައިވާ ދެލޮލުން ދައްކުވައިދެނީ ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމާއި އެއްވެސް އުންމީދެއް ނެތްކަމެވެ. ނުހަނު ބޮޑު އަޒާބެއް އޭނާއަށް ލިބިފައިވާކަން، އޭނާގެ އަނގައިންނާއި ނޭފަތުން ފައިބާފައި ހުރި ލޭތަކުން ވެސް ހާމަވާން ހުއްޓެވެ.

އެންމެ ތިން ގަޑީރު ތެރޭގައި އެކުއްޖާއަށް އެފަދަ ބޮޑު ބަދަލަކާއި އަނިޔާތަކެއް ވެފައިވުމުން، އެއީ ކީއްވެގެން ވީކަމެއްތޯ އެކުއްޖާގެ ގާތްތިމާގެ މީހުން ދީނީ ޢިލްމުވެރިއެއް ގާތު އެއްސެވެ. ދީނީ ޢިލްމުވެރިޔާ ވިދާޅުވީ އެކުއްޖާއަށް ލިބިފައި އެވަނީ ކަށްވަޅުގެ އަޒާބު ކަމަށެވެ.

އެކުއްޖާއަށް ވެފައި އޮތް ގޮތް ފެނި އެކަމުގެ ހަގީގަތް އެނގުމުން، އެކުއްޖާއަކީ ދުނިޔޭގައި ހުރި އިރު ސީދާ ވެގެންވާ ތެދުމަގަށް އުޅުނު ކުއްޖެއް ނޫން ކަމަށް އޭނާގެ ބައްޕަ އެއްބަސްވިއެވެ. އޭނާގެ ބައްޕަ ބުނި ގޮތުގައި މައިންބަފައިންނަށް އެކުއްޖާ ކަމޭ ނުހިތައެވެ. ނަމާދެއް ވެސް ނުކުރެއެވެ. އަދި ދިރިއުޅުމާއިމެދު މާބޮޑު ފިކުރެއް ޚިޔާލެއް ނެތި އެކުއްޖާ އުޅުނީ އެކިއެކި ކުށްފާފަތައް ކުރުމުގެ ތެރޭގައެވެ.

މާތް ﷲ އަށް ޓަކައި ޝަހީދުވި މީހުން ފިޔަވާ ކޮންމެ އިންސާނަކީ ވެސް ކަށްވަޅުގައި ސުވާލު ކުރެވި، އެތަކެއް އިމްތިހާނުތަކަކާއި ކުރިމަތިލާނެ ބައެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ