އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދާފައި އޮންނަ އިރު ފުރާނައަށް ވާގޮތް އިނގޭތަ؟

ނިދާފައި އޮންނަ އިރު ފުރާނައަށް ވާގޮތް އިނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

މަރުވުމަށްފަހު މާތް ﷲ އެކަލާނގެ ހެއްދެވި ފުރާނަ އަނބުރާ ގެންދަވާނެކަން ކީރިތި ޤުރްޢާނުންނާއި ރަސޫލާ صلّى الله عليه وسلّم ގެ ހަދީޘްފުޅުތަކުން ހާމަ ވެގެންދެއެވެ. މަރުވާ ވަގުތުގައާއި އިންސާނާ ނިދާފައި އޮންނަ ވަގުތުގައި ވެސް، އެއިންސާނާގެ ފުރާނަ ގެންދަވާ ފަރާތަކީ އަހަރެމެންގެ ވެރިރަސްކަލާނގެއެވެ.

ކޮންމެ ފަހަރަކު ވެސް ނިދާފައި އޮންނަ ވަގުތު، މާތް ﷲ އެއިންސާނެއްގެ ފުރާނަ ގެންދަވައެވެ. އޭގެ ތެރެއިން އެފުރާނަ އަލުން އަނބުރާ ހަށިގަނޑަށް ލައްވާ، ދުނިޔޭގައި ދިރިއުޅެން އިތުރު ފުރުސަތެއް ދޭނީ ކޮންބަޔަކަށްތޯ ކަނޑައަޅާ ފަރާތަކީ ހަމަކަށަވަރުން ވެސް މާތް ﷲ އެވެ. ދުނިޔޭގައި ދިރިއުޅެން އިތުރު ފުރުސަތެއް ލިބުމުގެ ނިއުމަތް އެކަލާނގެ މިންވަރު ކުރައްވާ ފަރާތެއްގެ ފުރާނަ އަނބުރާ އެހަށިގަނޑަށް ގޮސް ވަނުމުގެ ހުއްދަ އެކަލާނގެ ދެއްވައެވެ.

ނަމަވެސް އެހުއްދަ ނުދެއްވާ ފުރާނަތައް، އެކަލާނގެ ގެންދަވައެވެ. އެހެނީ އެބަޔަކު މިދުނިޔެއާއި އަލްވަދާއު ކިޔައެވެ.

މީގެ މާނައަކީ ނިދަން އޮށޯންނަ ކޮންމެ ފަހަރަކު، އަލުން އަނބުރާ ތެދުވެވި ދާނެ ކަމުގެ ޔަޤީންކަމާއިއެކު އޮށޯންނަން ނުވާނެ ކަމެވެ. އަލުން އަނބުރާ އެނިދިން ހޭލެވޭނެ ކަމުގެ އޮންނާނީ %50 ފުރުސަތެކެވެ. އެހެންކަމުން ނިދަން އޮށޯންނަ ކޮންމެ ފަހަރަކުވެސް އޮށޯންނަން ވާނީ، ދެން އޮތް ދުނިޔެއަށް ދާން ޖެހިދާނެ ކަމަށް ތައްޔާރު ވެގެންނެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއިއެކު އަނެއް ދުވަހަށް ލޯހުޅުވިއްޖެ މީހަކު، އެކަލާނގެއަށް ޙަމްދު ކުރަން ވާނެއެވެ. ފުރާނަ އަނބުރާ އެހަށިގަނޑުގައި ލެއްވެވީތީއެވެ.

މާތް ނަބިއްޔާ މުޙައްމަދު صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ.

"އަނެއް ދުވަހަށް ނިދިން ހޭލެވޭ ހިނދު، އެދުވަހެއްގެ ނިދާވަގުތު ޖެހުމުގެ ކުރިން، ތިމާއަށް މިދުނިޔޭގައާއި އާޚިރަތުގައި ފައިދާ ކުރާނެފަދަ ގޮތަކަށް އެދުވަސް ހޭދަކުރަން ވީހާވެސް ބޮޑަށް އިސްކަން ދޭންވާނެއެވެ. އެއީ އެދުވަހަކީ ތިމާއަށް ދެވޭ އެންމެ ފަހު ފުރުސަތު ކަމުގައިވެސް ވެދާނެ ކަމަށްޓަކައެވެ." މީގެ އިތުރުން ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވަނީ، ނިދުމުގެ ކުރިން ސޫރަތުލް-މުލްކް (67 ވަނަ ސޫރަތް) ކިޔެވުމަށް ހަނދުމަ ކުރުމަށެވެ.

ސޫރަތުލް- މުލްކް ކިޔަވާ ފަރާތެއް ކަށްވަޅުގެ އަޒާބުން ސަލާމަތް ކުރައްވާނެ ކަމަށް މާތް ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރައްވާފައިވެއެވެ.

ކީރިތި ޤުރްޢާނުގައި الله سبحانه وتعالى ވަޙީ ކުރައްވާފައިވަނީ "އެއިންސާނާ މަރުވުމުގެ ވަގުތު ޖެހުމުން، ފުރާނަ ގެންދަވާ ފަރާތަކީ ތިމަންރަސްކަލާނގެއެވެ. އަދި ނިދީގެ ވަގުތުގައި މިދުނިޔެއާއި ވަކިނުވާ އިންސާނުންގެ ފުރާނަވެސް ގެންދަވާ ފަރާތަކީ ތިމަންރަސްކަލާނގެއެވެ. މަރުވުމަށް ކަނޑައެޅިފައިވާ ފުރާނަތައް މިދުނިޔެއާއި ވަކިވާ ހުއްޓެވެ. އަދި އެހެން ފުރާނަތައް އެބައަކަށް ކަނޑައެޅިފައިވާ ވަގުތު ޖެހެންދެން އަނބުރާ ފޮނުއްވެވޭ ހުއްޓެވެ. ހަމަކަށަވަރުން މިއީ ރަނގަޅަށް ވިސްނައިފި މީހަކަށް ހުރި ހެކިތަކެކެވެ." (ޤުރްއާން 39:42)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ