އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ބަށި މުބާރާތް، މަހާރެހެންދި ފާޠިމަތު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި

ޤައުމީ ބަށި މުބާރާތް، މަހާރެހެންދި ފާޠިމަތު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބަށި ބޯލް އެސޯސިއޭޝަނުން މެޑަމް ފާތުން ބަށި މުބާރާތުގެ ނަމުގައި ބޭއްވި ބަށި މުބާރާތުގެ ފައިނަލް މެޗް ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މަހާރެހެންދި ފާޠިމަތު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.



ފައިނަލްމެޗަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފ. ފީއަލި ބަށި ޓީމަށް އިނާމާއި ޓްރޯފީ ހަވާލުކޮށްދެއްވީ މަހާރެހެންދި ފާޠިމަތު އިބްރާހީމް އެވެ.
ވަރަށް އާދައިގެ ގޮތަކަށް ރާއްޖޭގައި ކުޅެމުން އައި ބަށި ޤައުމީ ކުޅިވަރަކަށް ހަދައި ޤައުމީ ކުޅިވަރެއްގެ ދަރަޖަ ދީފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.



މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު ފުރަތަމަ ޤައުމީ ބަށި މުބާރާތެވެ. ބަށި ކުޅުން އުވެމުން ދަނިކޮށް ބަށިކުޅުން އަލުން ދިރުވައި ކުރިއެރުވީ އެސްޓީއޯ އިންނެވެ. އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް ބާއްވަން ފެށީންސުރެ މަހާރެހެންދި ފާޠިމަތު އިބްރާހީމް ގެންދަވަނީ ކުޅުންތެރިންނަށާއި ޓީމުތަކަށް ހިތްވަރު ދެއްވަމުންނެވެ. ޓީމުތަކަށް އެކަމަނާ ގެންދަވަނީ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވަމުންނެވެ.



މިރޭގެ ރަސްމިއްޔާތުގައި އިނާމާއި ޓްރޯފީ ދެއްވި ބޭފުޅުންގެ ތެރޭގައި ކުޅިވަރާއިބެހޭ ވަޒިރު އިރްތިޝާމް އާދަމް އާއި ތައުލީމީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް މިނިސްޓަރު ޢާއިޝަތު ޢާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް