އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަށި ރާނީގެ މަޤާމް ޢާއިޝަތު ލުބްނާ ހޯދައިފި

ބަށި ރާނީގެ މަޤާމް ޢާއިޝަތު ލުބްނާ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ބަށި ބޯލް އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ޤައުމީ ބަށި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، ބަށި ރާނީގެ މަޤާމު ލ. ގަމު ބަށި ޓީމުގެ ޢާއިޝަތު ލުބްނާ ހޯދައިފިއެވެ.

ާމުބަރާތުގެ އެންމެ މޮޅު 9 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ އިތުރުން ޢާއިޝަތު ލުބްނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަޤާމާއި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔާގެ މަޤާމާއި މުބާރާތުގެ 3 ވަނަ ހޮވާ މެޗްގެ އެންމެ މޮޅު ކުލުންތެރިޔާގެ މަޤާމުވެސް ހޯދައިފައެވެ.
ޢާއިޝަތު ލުބްނާ ހިމެނޭ ލ. ގަން ޓީމުން ވަނީ މުބާރާތުގެ 3 ވަނަ ޓީމުގެ މަޤާމް ހޯދައިފައެވެ. ލ. ގަން ބަށި ޓީމަކީ ކުޅުން ރަނގަޅުކޮށް މުބާރާތްތަކުގައި ކުރިއެރުން ހޯދަމުން އަންނަ ޓީމެކެވެ.

48 ޓީމު ބައިވެރިވެ ވާދަކުރި މި މުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ އަތޮޅު ފެންވަރުގައެވެ. އަތޮޅުތަކުގެ ޗެމްޕިއަނުންގެ މެދުގައި ވަނީ ޒޯން މުބާރާތް ކުރިއަށް ގެންގޮސްފައެވެ. މާލޭގައި ކުރިއަށް ގެންދިއައީ ޒޯން ޗެމްޕިއަނުންގެ މެދުގައި ބޭއްވި ސެމީ ފައިނަލް އާއި ފައިނަލް އާއި 3 ވަނަ ހޮވާ މެޗެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް