އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސެނަލް މޮޅުވިއިރު، ލިވަޕޫލުވެސް މޮޅުވެއްޖެ

އާސެނަލް މޮޅުވިއިރު، ލިވަޕޫލުވެސް މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލްއާއި އާއި ލިވަޕޫލް މޮޅުވެއްޖެއެވެ.

އާސެނަލް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ސްވެންސީ ސިޓީގެ މައްޗަށް 1-2 އިން ކުރި ހޯދައިގެންނެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަ ހާފުގައި ސްވެންސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އެޓީމުންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި ސްވެންސީއަށް ލަނޑު ޖަހާދީ ލީޑުނަގާދީފައިވަނީ ސޭމް ކްލޫކަސްއެވެ.

ސްވެންސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ކޮލަސިނަޗް ވަނީ ލަނޑެއް ޖަހާ އާސެނަލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން މޮޅުވި ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދިނީ މެޗުގެ 58 ވަނަ މިނެޓުގައި އާރަން ރަމްސީއެވެ.

ލިވަޕޫލް ރޭ މޮޅުވީ ލީގުގެ 11 ވަނައިގައި އޮތް ހަޑަލްސްފީލްޑްއާ ބައްދަލުކުރި މެޗުން 0-3 އިންނެވެ.

ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 42 ވަނަ މިނެޓްގައި ލިވަޕޫލް އަށް ޕެނަލްޓީއެއް ވަނީ ލިބިފައެވެ. ނަމަވެސް ސަލާހު ފޮނުވާލި އެ ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވަރެއްގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސްޓަރިޖް ވަނީ ލަނޑެއް ޖަހާ ލިވަޕޫލްއަށް ލީޑުނަގާދީފައެވެ. އަދި އޭގެ އަށް މިނެޓްފަހުން ފަމީނޯ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވައިނަލްޑަމްއެވެ.

ރޭގެ ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 28 ޕޮއިންޓާއެކުއެވެ. 19 ޕޮއިންޓާއެކު އާސެނަލް ލީގުގެ ހަތަރުވަނައިގައި އޮތްއިރު ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން