އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުގައި މަސައްކަތް ކުރާ މީހުން ތިމާއާއިމެދު މިފަދައިން ކަންތައް ކުރޭތަ؟

އެކުގައި މަސައްކަތް ކުރާ މީހުން ތިމާއާއިމެދު މިފަދައިން ކަންތައް ކުރޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ތިމާ މަސައްކަތް ކުރާ ތަނުގައި، އެއްކޮށް މަސައްކަތް ކުރާ މީހުން ތަފާތު ގޮތަކަށް ތިމާއާއި ދޭތެރޭ ކުރާނަމަ، އޭގެ މާނައަކީ އެމީހުން ތިމާ ދެކެ ފޫހިވެ ތިމާއާއި މެދު ހިތްހަމަ ނުޖެހެނީއެވެ.

ވަޒީފާ އަދާކުރާ ތަނަކީ، މަސްޢޫލިއްޔަތުތަކުގެ ސަބަބުން އެތަނެއްގައި ނުހަނު ގިނަ ފިކުރުތައް އެކުލެވިގެންވާނެ ތަނެކެވެ. އެހެންކަމުން، އެފަދަ ތަނެއްގެ އެންމެންނަކީ ތިމާއާއި ގުޅޭ، ތިމާއަށް ހެޔޮ އެދޭ އެކުވެރިންނެއް ނޫނެވެ. އަދި އެކަކު އަނެކަކުގެ މިޒާޖު ވެސް ތަފާތުކަމުން، އެންމެންނާއި ހިތުގެ އަޑިން އެކުވެރިކަން ބޭއްވުން ވަނީ ކުރަން ވަރަށް ވެސް އުނދަގޫ ކަމަކަށެވެ.

އެއްކޮށް މަސައްކަތް ކުރާ މީހުންގެ ތެރެއިން، ތިމާދެކެ ފޫހިވާ މީހުން މިފަދައިން ތިމާއާއި ދޭތެރޭ ކަންތައް ކުރާނެއެވެ.

• ތިމާއާއިމެދު އަޅާނުލާނެ

މަސައްކަތުގެ މައިދާނުގައި ތިމާއާއި އެވަރަށް ވާހަކަ ނުދައްކާ، ކަންކަމުގައި ތިމާ ޝާމިލު ނުކުރުމުގެ މާނައަކީ އެބަޔަކަށް ތިމާ އެހާ ކަމުނުދަނީއޭ އެވެ. ތިމާ އަމިއްލައަށް އެފަދަ މީހުންނާއި ވާހަކަ ދެއްކި ކަމުގައި ވިޔަސް، އެމީހުން ތިމާއަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ބަލާނީ ވީހާވެސް ކުރުކޮށް ޖަވާބުދީ، ވާހަކަ ދެއްކުން އެހިސާބުން ހުއްޓާލެވޭތޯ އެވެ.

• އެހެން މީސްމީހުންގެ ވާހަކަ ދައްކަދައްކަ ހުރެފަ ތިމާ ދިޔުމުން ހުއްޓާލުން

ގިނަ މީހުންނަކީ އެހެން މީސްމީހުންގެ ވާހަކަ މަސައްކަތް ކުރާ ތަނުގައި، ވަރަށް ގިނައިން ދައްކާ ބައެކެވެ. އެއްބަޔަކު ވަރަށް ފޯރިއާއިއެކީ މިކަން ކުރި ކަމުގައި ވެސް، އަނެއްބަޔަކަށް މިއީ އެހާ ކަމުދާ އަދި އެމީހުން ގަޔާވާ ކަމެއް ވެސް ނޫނެވެ. މީސްމީހުންގެ ވާހަކަ ދައްކަން ތިބެފައި، ތިމާ އެތަނަކަށް ދިޔުމުން، ނުވަތަ ތިމާ ފެނުމުން އެވާހަކަ ދެއްކުން ހުއްޓާލާނީ އެމީހުންގެ ނަޒަރުގައި ތިމާއަކީ އެކުވެރިއަކަށް ނުވާތީ އެވެ. ނުވަތަ އެމީހުން އެވަގުތަކު އެދައްކަނީ ތިމާގެ ވާހަކަ ކަމަށް ވާތީ އެވެ. އޭގެން ވެސް ދައްކުވާދެނީ އެމީހުންނަށް ތިމާ ކަމުނުދާ ކަމެވެ.

• ކަންކަމުގައި ތިމާގެ ޚިޔާލު ނުނެގުމާއި އިތުބާރު ނުކުރުން

އޮފީހުގައި ނުވަތަ މަސައްކަތުގައި އުޅޭއިރު، ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ތިމާދޭ ޚިޔާލު ބަލައިނުގަންނަ ފަހަރާއި ދިމާވެއެވެ. ތިމާ ދެކެ ހިތްހަމަ ނުޖެހޭ މީހުން ބުނާނީ އެއީ "މޮޔަ" ޚިޔާލެއް ކަމަށެވެ. ބައެއްފަހަރު އެމީހުން ތިމާގެ ޚިޔާލު ވަގަށް ނަގައިގެން، އޭގެ ހުރިހާ މޮޅެއް އަމިއްލައަށް ވެސް ހޯދައެވެ. މީގެއިތުރުން، ތިމާއަށް ކުރެވޭ ވަރުގެ ބޮޑެތި ޒިންމާތައް ވެސް، ތިމާއާއި ހަވާލު ނުކޮށް، ތިމާއަކީ އިތުބާރު ނުކުރެވޭވަރު މީހެއްކަން ދައްކުވައެވެ. މިފަދަ ކަންތައްތައް ވެސް ދިމާވަނީ، ޙަގީގަތުގައި އެމީހުންގެ ހިތްތަކުގައި ތިމާއާއިމެދު ނަފުރަތު އޮންނާތީއެވެ.

• ބާރުވެރިވެ މާބޮޑަށް އަމުރު ކުރުން

އޭނާއަކީ ތިމާގެ "ބޮސް" ނޫން ކަމުގައި ވާއިރުވެސް، އަދި ތިމާއާއި އެއްފަންތިއެއްގެ މީހެއްކަމުގައި ވާއިރުވެސް، ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބުނެ އަމުރު ކުރާނަމް، އޭނާގެ ހިތް ތިމާއާއި ދޭތެރޭ ސާފެއް ނޫނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ