އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާ ކޯޗާއެކު ފުރަތަމަ މޮޅު ލެސްޓާ ސިޓީން ހޯދައިފި

އާ ކޯޗާއެކު ފުރަތަމަ މޮޅު ލެސްޓާ ސިޓީން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ލެސްޓަ ސިޓީން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުން އެވަޓަންގެ މައްޗަށް ލެސްޓާއިން ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަކީ ލެސްޓާގެ އާ ކޯޗު ކްލައުޑް ޕުއެލްގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ މެޗެވެ. ލެސްޓާގެ ކޯޗު ކަމަށް ޕުއެލް ހަމަޖެއްސީ އެ މަގާމުގައި ހުރި ކްރެއިގް ޝޭކްސްޕިޔާ ދާދިފަހުން ވަކި ކުރުމާ ގުޅިގެންނެވެ.

ނެރެމުންދިޔަ ދައް ނަތީޖާގެ ސަބަބުން ކްރެއިގް ޝޭކްސްޕިޔާ ވަކިކުރުމަށްފަހު ޕުއެލް ލެސްޓާގެ ކޯޗުކަމަށް ހަމަޖެއްސީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީވެސް ލެސްޓާއިންނެވެ. އެޓީމަށް މި ގޯލް މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭމީ ވާޑީއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގްރޭއި ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ލެސްޓާ ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ ދެވަނަ ހާފު އެވަޓަންއިން ފެށީ ކުރީ ހާފަށްވުރެ ވަރުގަދަކޮށެވެ. އެގޮތުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އެވަޓަން އިންނެވެ. ނަމަވެސް ލެސްޓާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ރޭގެ މެޗުން ލެސްޓާއަތުން ބަލިވެފައިވާއިރު، މިއީ ލީގުގައި އެވަޓަން ބަލިވި ހަވަނަ މެޗެވެ.

ރޭގެ މޮޅަކީ ލެސްޓާ އިން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅު ކަމަށްވާއިރު އެޓީމު މިހާރު އޮތީ 12 ޕޮއިންޓާއެކު ލީގުގެ 11 ވަނައިގައެވެ. އެވަޓަން އޮތީ އަށް ޕޮއިންޓާއެކު ލީގުގެ 18 ވަނައިގައެވެ.

ލީގުގައި ލެސްޓާ ދެން ބައްދަލުކުރާނީ ސްޓޯކް ސިޓީއާއެވެ. އެވަޓަން ނިކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން