އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލީޑިންގ ބީޗް އައިލެންޑް އެވާރޑް- ކެލާ އަށް

ލީޑިންގ ބީޗް އައިލެންޑް އެވާރޑް- ކެލާ އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

މަޓާޓޯ- މޯލްޑިވްސް ޓްރެވެލް އެވާޑްސް ގެ "ލީޑިންގ ބީޗް އައިލެންޑް" ކަމުގެ ޝަރަފުވެރި އެވާރޑް ހއ. ކެލާ ހާސިލް ކޮށްފިއެވެ.

ރޭ ބޭއްވި މިޚާއްސަ އިނާމު ދިނުމުގެ ޖަލްސާގައި، ލީޑިންގ ބީޗް އައިލެންޑް ކަމުގެ އެވޯޑާއި ހަވާލުވެލެއްވީ ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން އާއި މެންބަރު އައިޝަތު މިޒްނާ އެވެ.

"މިއަދުނޫހަށް" މަޢުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް ވިދާޅުވީ މިއެވާރޑަކީ ކެލާގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ޙާސިލް ކުރެވުނު އެވޯޑެއް ކަމަށެވެ.

"ރަށުގެ ކައުންސިލުންނާއި ހުރިހާ ރައްޔިތުން ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ހާސިލް ކުރި އެވާރޑެއް މިއީ. ވަރަށް އުންމީދު އޮތް އެވާރޑު ހާސިލު ކުރެވޭނެ ކަމާއިމެދު. ހުރިހާ ރައްޔިތުންވެސް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ މިއީ" އާދަމް ގުފްރާން ވިދާޅުވިއެވެ.

މިއެވޯޑު ހާސިލް ކުރުމަށް ކެލާ ކައުންސިލްގެ ފަރާތުން ވަނީ ސޯޝަލް މީޑިއާގައި ވެސް ކެމްޕެއިން ކޮށްފަ ކަމަށާއި އަދި ރަށުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ކެލާގެ ގެތަކަށް ގޮސް، ވޯޓު ދޭން މެސެޖު ކުރާނެ ގޮތް ވެސް ކިޔާދީފައިވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިމެނޭ އެންމެ ރީތި ގޮނޑުދޮށެއް އޮންނަ ރަށްތަކުގެ ތެރެއިން ކެލާ އަކީ އެންމެ ކުރީ ސަފުގައި ވާދަ ކުރާ އެއްރަށެވެ. ކެލާ ބީޗުގެ ރީތިކަމާއި ޗާލުކަމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ދިވެހިންނާއި ފަތުރުވެރިން އެރަށަށް ޗުއްޓީ ހޭދަ ކޮށްލަން ޒިޔާރަތް ކުރެއެވެ.

ރީތި ގޮނޑުދޮށެއް އޮތުމުގެ އިތުރުން ކެލާއަކީ ވަރަށް ހިތްހެޔޮ، އެންމެންނާއި ވެސް ގުޅޭ އެކުވެރި މިޒާޖެއްގެ ރައްޔިތުން ދިރިއުޅޭ ރަށެކެވެ. މަޓާޓޯ އެވާރޑްސް ގައި "ލީޑިންގ ބީޗް އައިލެންޑް" އެވާރޑް ވެސް ހާސިލް ކުރެވިފައިވަނީ މިފަދަ ގުޅުން ބަދަހި ރައްޔިތުންގެ ހިތްވަރުގަދަ ބުރަ މަސައްކަތާއިވެސް އެކުގައެވެ.

"ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ކެލާ ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން. ޚާއްސަކޮށް ކެލާ ރައްޔިތުންނަށް" ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ