އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ބޮޑުބެރު ގްރޫޕުތައް ޝޯވތައް ކުޅެދެނީ ހިލޭ ސާބަހަށް...؟ އެހެންވެ ގްރޫޕުގެ މެމްބަރުންނަށް މުސާރަނުދެވޭ..

ރާއްޖޭގެ ބޮޑުބެރު ގްރޫޕުތައް ޝޯވތައް ކުޅެދެނީ ހިލޭ ސާބަހަށް...؟ އެހެންވެ ގްރޫޕުގެ މެމްބަރުންނަށް މުސާރަނުދެވޭ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ދިވެހިންގެ ތެރޭގައި ބޮޑުބެރަކީ އެންމެ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ، އަދި ބޮޑުބެރުޖަހާ އަޑި އިވުމުން ގައިން ހީބިހި ނަގާ، ލޭ ކައްކުވާލާ މިއުޒިކެކެވެ. ނުވަތަ ކުޅިވަރެކެވެ.

އަޅުގަނޑު ބުނަން މިއުޅެނީ މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ވާހަކައެއް ނޫނެވެ. އަދި ކޮއްގެން މާގިނަ އާމްދަނީއެއް ލިބޭ ވާހަކައެއްވެސް ނޫނެވެ.

ރާއްޖޭގައި ނަން ހިނގާ ގިނަ ބޮޑުބެރު ގްރޫޕްތަކުން ފައިސާ ނުދޭ ވާހަކައެވެ.

މިއަދުނޫހަށް މަޢުލޫމާތު ހިއްސާ ކުރި ކުއްޖަކު ބުނީ ރާއްޖޭގެ ނަން މަޝްހޫރު ބޮޑުބެރު ގްރޫޕެއްގައި އޭނާ މަސައްކަތް ކުރާތާ 3 އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް އަދި ލިބުނީ އެންމެ 2500 ރުފިޔާ ކަމަށެވެ.

"އަހަރެން މިއުޅެނީ ޢާއިލާގޮވައިގެން މާލޭގަ ތަންތަން ކުއްޔަށް ހިފައިގެން. ކޮންމެހެން ބެރުޖަހަން ދަނީ ލާރިއަކަށް ނޫން. ކުރާހިތްވާ ކަމަކަށްވާތީ. ހަފުތާގެ ހުރިހާ ދުވަހެއްވެސް ޝޯވކުޅެންދަން. ހާއްސަކޮށް ވީކެންޑުތަކުގަ. މިވީ 3 އަހަރުގެ ތެރޭގައި ދިނީ އެންމެ 2500 ރުފިޔާ" ފެންކަޅިވަމުން އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އަބަދުވެސް ޝޯވތައް ލިބޭ ކަމަށާއި އެހެންނަމަވެސް ފައިސާ ނުދޭ ކަމަށެވެ. އަދި ކިތަންމެ ފަހަރަކު އެވާހަކަ ގްރޫޕުގެ ބޮޑެތި މީހުން ގާތު ދައްކައިފިން ކަމަށާއި އެމީހުން ބުނަނީ ފައިސާ ލިބެންވާ ތަންތަނުން ފައިސާ ނުލިބޭތީ ނުދެވެނީ ކަމަށް ބުނާ ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި އޭނާ ބުނީ ގޭގެ ކުލި ނުދެއްކޭތާ މިހާރު 4 މަސް ވެއްޖެ ކަމަށާއި އެހެންވެ، އެތަނުން ނުކުންނަން އަންގާފައިވާ ވާހަކަވެސް ގްރޫޕުގެ ބޮޑެތި މީހުން ގާތު އެތައްފަހަރަކު ބުނެފައިވާނެ ކަމަށެވެ. އެކަމަކު އަދިވެސް ފައިސާ ނުދޭ ކަމަށް އޭނާ ބުންޏެވެ.

އެހެންވީމާ މިވެރިން ބޮޑެތި ނަންނަމުގަ ގްރޫޕުތައް ހަދައިގެން އެތައް ބައެއްގެ އިޝްތިހާރުތައް ޓީޝާޓާއި ގަމީހާއި ގައިގެ އެތަންމިތާގައި ޖަހައިގެން ކޮންމެ ދުވަހަކު ޝޯވތައް ކުޅެމުން މިދަނީ ހިލޭ ސާބަހަށްތާއެވެ.

އެހެންނޫންނަމަ، ފައިސާ ނުދެވޭންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް