އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކަމުދާން ޖެހުމުން، ނުގޮސް ގިނައިރު ހިފެހެއްޓުމަކީ ސިއްޙަތަށް ގެއްލުންހުރި ކަމެއް

ކުޑަކަމުދާން ޖެހުމުން، ނުގޮސް ގިނައިރު ހިފެހެއްޓުމަކީ ސިއްޙަތަށް ގެއްލުންހުރި ކަމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކަމު ދާން ޖެހުމުން ވެސް، އެކަންކުރަން ނުގޮސް ގިނައިރު ހިފަހައްޓައިގެން ތިބޭ މީހުންނެވެ. ޚާއްސަކޮށް ގެއިން ބޭރުގައި އުޅޭއިރު، އުޅޭ ތަނެއްގެ ފާޚާނާ ހަޑިކަމުން ނުވަތަ އެއީ އަމިއްލަ ގޭގެ ފާޚާނާ ނޫންވީމަ އެތަނަށް ދާން ހިތްހަމަ ނުޖެހިގެން ގިނަ މީހުން ކުޑަކަމުދާން ފާޚާނާއަށް ނުގޮސް ގިނައިރުތަކެއް ވަންދެން ހިފަހައްޓައިގެން ތިބެއެވެ.

ނަމަވެސް ކުޑަކަމު ނުގޮސް ގިނައިރުތަކެއް ވަންދެން ހިފަހައްޓައިގެން ހުރުމަކީ ސިއްޙަތަށް ވަރަށް ގެއްލުން ހުރި ކަމެއްކަމަށް ސިއްޙީ މާހިރުންނާއި ސައިންޓިސްޓުންވެސް ވަނީ ބުނެފައެވެ.

ސައިންޓިސްޓުން ބުނެފައިވަނީ، ކުޑަކަމުދާން ޖެހުމުގެ ކުރިން ކޮންމެ އިންސާނެއްގެ ބްލެޑަރ އަށްވެސް ހިފެހެއްޓޭނީ ބައި ލީޓަރުގެ ކުޑަކަމުދާ ނިޒާމު ކަމަށެވެ. އޭގެފަހުން އެނިޒާމް އިތުރުވެ، ވީހާވެސް އަވަހަކަށް ބްލެޑަރ ހުސްކުރަން ޖެހޭނެކަމަށް އެބޭފުޅުން ވަނީ ލަފާދީފައެވެ.

ބައެއް ސައިންސްވެރިން ބުނެފައިވަނީ ގިނައިރުތަކެއް ވަންދެން ކުޑަކަމު ނުގޮސް ހިފަހައްޓައިގެން ހުރުމުން، ހަށިގަނޑަށް ގެއްލުންވާ އެތަކެއް ބެކްޓީރިއާ އެއް އުފެދޭނެ ކަމަށާއި އެކަމުގެ ސަބަބުން ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއާއި) ނުވަތަ ބްލެޑަރ އިންފެކްޝަން ޖެހެން މަގުފަހިވާ ކަމަށެވެ. އަދި މިއީ ފުރާނައަށް ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ސައިންވެރިން ބުނެފައިވެއެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ސައިންސްވެރިން ކިޔާދީފައިވަނީ ޑެނިޝް ގެ އެސްޓްރޮނޮމަރ އަދި އެލްކެމިސްޓް ޓައިކޯ ބްރާހޭ ގެ ވާހަކައެވެ. ޓައިކޯ ބްރާހޭ އަކީ ވަރަށް ހުނަރުވެރި ސައިންޓިސްޓެއް ކަމަށާއި ސައިންޓިފިކް ލިޓެރޭޗަރ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއްކަން ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ބްރާހޭ މަރުވީ، ކުޑަކަމުދާން ޖެހުނު ވަގުތެއްގައި ޖަލްސާއެއްގައި ހުރެފައި ނުގޮސް ގެއަށް ދެވެންދެން މަޑުކުރުމުން ކަމަށް "ސައިންސް އެލާރޓް" ގައި ބެކް ކްރޫ ލިޔެފައިވެއެވެ. އޭނާ ބުނީ ބްރާހޭ ގެއަށް ގޮސް ކުޑަކަމުދާން އުޅުމުން އެކަން ނުކުރެވުނު ކަމަށާއި އެކަމަށް ފަރުވާ ކުރުމުގެ ތެރޭގައި ބްރާހޭ ގެ ބްެލެޑަރ ފަޅައިގެން ގޮސް މަރުވީ ކަމަށެވެ. ޓައިކޯ ބްރާހޭ އަކީ ކުޑަކަމުދާން ޖެހުމުން ވަރަށް ގިނައިން އެގޮތަށް ނުގޮސް ހިފަހައްޓާ މީހެއްކަން ވެސް ބެކް ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ގިނައިރު ކުޑަކަމު ނުގޮސް ހިފެހެއްޓުމުން، ސީރިއަސް ސިއްޙީ މައްސަލަތަކާއި ކުރިމަތިވާނެ ކަމަށާއި ވަރަށް ބޮޑަށް ޖަރާސީން އުފެދި އިންފެކްޓު ވާނެކަމަށް ސައިންވެރިންނާއި ސިއްޙީ މާހިރުން ވަނީ ބުނެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ