އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ބަށި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހު 16 އަށް ހަމަވާނެ

އެސްޓީއޯ ބަށި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހު 16 އަށް ހަމަވާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އެސްޓީއޯ ގެ ފަރާތުން ކޮންމެއަހަރުކުވެސް ބާއްވަމުން އަންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހު 16 އަށް ހަމަވާނެކަމަށް ޤައުމީ ބަށި ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ބުނެފިއެވެ.

އެމްބީއޭ އިން ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މި ނޮވެންބަރު މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައި ހަމަވާނެ ކަމަށާއި މިމުބާރާތުގެ ގުރުއަތުލުން 23 ނޮވެމްބަރ ވާ ބުރާސްފަތިދުވަހުގެ ރޭ ބާއްވާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސްޕޯޓްސް ކޮމިޝަންގަ ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ހުށައަޅަންވާނެކަމަށް އެމްބީއޭއިން ވަނީބުނެފައެވެ.

މި އަހަރުގެ މުބާރާތްއެމްބީއޭ އިންރާވައި ހިންގާ އިރު، ކުރީ އަހަރުތަކާ ތަފާތުކުރުމުގެ ގޮތުން މިފަހަރު އެންމެ މޮޅު މެނޭޖަރާއި ހިންގުންތެރިމެނޭޖަރާއި އެންމެ މޮޅު ކޯޗު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ނުވަ ކުޅުންތެރިންގެ މައްޗަށް ހިމެނޭ، މުބާރާތުގެ އެންމެމޮޅު ޓީމުވެސް ހޮވާނެއެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އިރު، ރަނަރަޕް ޓީމަށް50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ލިބޭނެއެވެ. އަދި މުބާރާތުގެފެއާރޕްލޭ ޓީމަށް 10،000ރ. ލިބޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު