އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގައި ތަޅުލުމަށްފަހު ޗުއްޓީއަށް ދިއުމުން 94 އަހަރުގެ މަންމަ ސަލާމަތްވީ ހަމަކިރިޔާ!

ގޭގައި ތަޅުލުމަށްފަހު ޗުއްޓީއަށް ދިއުމުން 94 އަހަރުގެ މަންމަ ސަލާމަތްވީ ހަމަކިރިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

"އަހަރެންނަށް ހޭލެވިގެން ބެލިއިރު ގެވަނީ ތަޅުލައިފައެވެ. އަދި އަހަރެންގެ ކޮޓަރިވެސް ވަނީ ބޭރުން ތަޅުލައިފައެވެ. ކޮޓަރިތެރެ ބަލައިލި އިރު ކައިލާނެ ބިސްކޯދުކޮޅެއް ނޫން އެއްވެސް އެއްޗެއް ނެތެވެ. އެތަކެތި ނުކައި އުކައިލަން އަހަރެން ބޭނުންވިއެވެ. އުކައިިލަން ދެފަހަރެއްގެމަތިން އުޅުނީމެވެ.



މިވާގޮތް އަހަރެންނަށް އެނގުނެވެ. ނަމަވެސް އެކަމާއި ކުރެވޭނެ ކަމެއް ނެތެވެ. ދަރިފުޅު ބޭނުންވަނީ އަހަރެން އަވަހަށް މަރައިލުމަށެވެ. އެކަމާއި އަހަރެން ކުރާނީ ކީއްހެއްޔެވެ؟

އަހަރެން އޭނާ ބަލައިބޮޑުކުރީ އަހަރެންނަށް ވެވުނު އެންމެ ރަނގަޅަކަށެވެ. މިއަދު އަހަރެން މިވަނީ މުސްކުޅިވެފައެވެ. ގައިގެ ބާރު ނެތިފައެވެ. އުމުރުން 94 އަހަރުވުމުން ވަރަށް ބޮޑަށް ބަލިވެފައެވެ."



އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަންދަމަން އައިލަންޑަށް ޗުއްޓީ ހޭދަކުރަން ދިއައީ ގެ ބޭރުން ތަޅުލައިފައެވެ. އަދި މަންމައަށް ކޮޓަރިން ބޭރަށް ނުނުކުމެވޭ ގޮތަށް ކޮޓަރިވެސް ތަޅުލައިފައެވެ.

ކަންދިމާވިގޮތުން ޖެހިގެން އައި ދުވަހު އެއިގެ 24 ގަޑިއިރުފަހުން، ވަކިން ދިރިއުޅެމުން ގެންދާ 2 އަންހެން ދަރިންނަށް މަންމަގެ ހާލު ބަލައިލަން ގެއަށް އާދެވުނެވެ.

ދޮރުތަޅުލާފައި ހުރުމުން ފާރުމަތިން އެރިއެވެ. އަދި ގޭތެރެއަށް ވަދެ މަންމަގެ ކޮޓަރިވެސް ހުޅުވައިގެން ބެލިއެވެ. އެއިރު މަންމަ އޮތީ އެނދުގައެވެ. ލެވުނު ހޮޑުތައް މަތީގައެވެ.

މަރައިލަން ކިތަންމެ ބޭނުންވި ނަމަވެސް މަރުވާނީ އެކަމުގެ ވަގުތުޖެހުމުންނެވެ. އެކަނިވެރި މައަކަށް އަނިޔާވެރިވުމުގައި މިފަދަ ކަންކަމަކީ ތަންކޮޅެއް ބޮޑުވަރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް