އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމަށް އަރާ ލޮޅުމުން ލިބޭ ގެއްލުން ހުއްޓުވޭނީ 100% އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން: އަދްލީ

މަސްވެރިކަމަށް އަރާ ލޮޅުމުން ލިބޭ ގެއްލުން ހުއްޓުވޭނީ 100% އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން: އަދްލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މަސްވެރިކަން ރަނގަޅުވުމުންނާއި މަސްވެރިކަން ދަށްވުމުން މަހުގެ އަގަށް ބައިނަލްއަޤްވާމީ ބާޒާރުގައި ލޮޅުންތައް އަރާ ކަމަށާއި އެކަން ހުއްޓުވޭނީ ރާއްޖެއިން ބާނާ މަހަކީ 100 އިންސައްތަ ވެލިޔުއެޑެޑް އުފެއްދުމުގެ ގޮތުގައި ބޭރުކޮށްގެން ކަމަށް މިފްކޯގެ ސީއީއޯ އަދްލީ އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިފްކޯގެ މައި އޮފީހުގައި މިއަދު ހެނދުނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަދްލީ ވިދާޅުވީ ބާޒާރުގައި މަސް ގިނަވުމުން މަހުގެ އަގު ދަށަށްދާ ކަމަށެވެ. ހަމައެއާއިއެކު މަސްވެރިކަން ރަނގަޅު ލިބެނީ އަހަރެއްހައި ދުވަސް ކަމަށާއި އެއަށްފަހު މަސްވެރިކަން ދަށް 3-4 އަހަރު އަންނަ ކަމަށެވެ. އަދި މިކަންކަމާއި ގުޅިގެން މަހުގެ އަގަށް ބަދަލުތައް އަންނަ ކަމަށެވެ.

ޢަދްލީ ވިދާޅުވީ ރޯމަހުގެ އަގަށް ބައިނަލްއަޤްވާމީ ބާޒާރުގައި ބަދަލުތައް އައި ނަމަވެސް ދަޅުމަހާއި ޕައުޗް ފަދަ ތަކެތީގައި ބަންދުކޮށްގެން އުފައްދާ އުފެއްދުންތަކުގެ އަގު ބަދަލުވަނީ މަހުގެ އަގަށް ވަރަށް ބޮޑެތި ބަދަލުތައް އައުމުން ކަމަށެވެ. އަދި އެފަދަ ހާލަތު ދިމާވަނީ ވަރަށް މަދުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން މަސްވެރިންނަށް ވީހައި ރަނގަޅު އަގެއް ދޭން. އެކަމަށް އޮތް ގޮތަކީ ރާއްޖެއިން ބޭރުކުރާ މަހުގެ ސައްތައިން ސައްތައަކީ ވެލިޔުއެޑްކޮށްގެން ބޭރުކުރާ މަހަށް ހެދުން. އެކަމަށް މަސައްކަތްކުރަމުން މިގެންދަނީ."

އަދްލީ ވިދާޅުވީ މިފްކޯއަށް މާލީ މައްސަލަތައް ކުރިން ކުރިމަތިވި އެންމެ ބޮޑު އެއް ސަބަބަކީވެސް ބޭރުގައި މަހުގެ އަގަށް އަންނަ ބަދަލު ރާއްޖޭގައި ނުގެނެސް މަސްވެރިންގެ އަތުން ބޮޑުއަގުގައި މަސްގަތުން ކަމަށެވެ. "ބޭރުގަ މަހުގެ އަގު 12 ރުފިޔާގަ ހުރިއިރުވެސް މިފްކޯއަށް މަސްގަތީ 19 ރުފިޔާއަށް. އެ މަސް ބޭރުކުރުމަށް އެތައް ޚަރަދެއްކުރަންޖެހޭ. ގަނޑުކުރަންޖެހޭ. ފްރެއިޓް ދައްކަން ޖެހޭ."

ޢަދްލީ ވިދާޅުވީ މަސްވެރިންގެ އަތުން ބޮޑުއަގުގައި މަސް ގަންނަނީ އެކަށީގެންވާ އަގެއްގައި މަސް ނުވިއްކޭ ނަމަ މަސްވެރިންނަށް މަހަށް ނުފުރޭނެތީ ކަމަށެވެ. އަދި އެކަށީގެންވާ އާމްދަނީއެއް ނުލިބޭނަމަ މަސްވެރިންނަށް ލިބޭނެ ގެއްލުންތަކުން ސަލާމަތްކުރަން ކަމަށެވެ.

އަދްލީ ވިދާޅުވީ މިފްކޯ 3 ބައަށް ބަހައިގެން ހިންގިއިރު ކޫއްޑޫއަށް ރަނގަޅު ފައިދާއެއް ލިބުނު ކަމަށާއި ނަމަވެސް އެފައިސާ ކުންފުންޏަށް ލިބުމުގެ ބަދަލުގައި ދައްކާފައިވަނީ ސަރުކާރަށް ކަމަށެވެ. "އެފައިސާ އިން އެންމެ ކުޑަމިނުން ކޫއްޑޫގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރި ނަމަވެސް އެކުރެވުނީ މުހިންމު ކަމެއް. ކޫއްޑޫގަ އޮތީ ވަރަށް ކުޑަ ބަދަރެއް. އެކަމުގެ ދަތިތައް ކުރިމަތިވަމުން އަންނަނީ."

ފެލިވަރު ކާރުޚާނާ އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ކޫއްޑޫގެ ހާލަތުވެސް މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުކުރެވި މަސްވެރިކަމުގެ މޫސުމަށް ކުރިމަތިލުމަށް ތައްޔާރަށް ކަމަށްވެސް އަދުލީ ވިދާޅުވިއެވެ. އަދި ދާދިފަހުން ސަރުކާރުން މިފްކޯއަށް ދިން ލޯނު ދީފައިވަނީ 5 އަހަރުން އަނބުރާ ދައްކަން ކަމަށާއި ލޯނު ލިބުމުގެ ކުރިންވެސް މިފްކޯއިން ވަނީ މަސްވެރި މޫސުމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ކަމަށްވެސް އަދުލީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް