އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން 44 އަހަރު ފުރުން އައިޝްވާރްޔާ ފާހަގަ ކުރަނީ އަހަރެއް ވަންދެން 1000 ކުޑަކުދިންނަށް ކާންދީގެން

އުމުރުން 44 އަހަރު ފުރުން އައިޝްވާރްޔާ ފާހަގަ ކުރަނީ އަހަރެއް ވަންދެން 1000 ކުޑަކުދިންނަށް ކާންދީގެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ބޮލީވުޑްގެ ސުޕަރސްޓާރ އަދި ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ ބަޗަން އަށް 44 އަހަރު ފުރުން، މިއަހަރު ބޮޑު ޕާޓީއެއް ބާއްވައިގެން ފާހަގަ ނުކުރިކަމުގައި ވިޔަސް، އެކަން ފާހަގަ ކުރަން އޭނާ ގަސްދުކޮށްފައިވަނީ ވަރަށް ވެސް ތަފާތު އެހެންނަމަވެސް ހެޔޮ ކަމެއް ކުރުމުންނެވެ.

އޭނާ ބުނި ގޮތުގައި ބޮޑު ޕާޓީއެއް ބާއްވާ އެންމެންނަށް ދައުވަތުދީ ހަނދާނެއްގެ ގޮތުން ފޮޓޯ ނުނެގި ކަމުގައި ވިޔަސް، އޭނާގެ އުފަން ދުވަސް ފާހަގަ ކުރަން އޭނާ ގަސްދުކޮށްފައިވަނީ އެހެން މީހުންގެ ދިރުއުޅުމަށް ބަދަލެއް ގެނެސް އުފާވެރިކަން ގެނެސްދީގެންނެވެ. އެގޮތުން އައިޝްވާރްޔާ ވިސްނާފައިވަނީ އެއް އަހަރުވަންދެން 1000 ސްކޫލް ކުދިންނަށް ކޮންމެ ދުވަހަކު ހިލޭ ކެއުމެއް ތައްޔާރުކޮށްދީ ފޯރުކޮށްދިނުމަށެވެ. މިއީ "މިޑްޑޭ މީލް ސްކީމް" ގެ ދަށުން އައިޝްވާރްޔާ ބައިވެރިވާ ހަރަކާތެކެވެ.

"އަނަމްރިތާ" ނަމަކަށް ކިޔާ މިސްކީމަކީ އިންޓަރނޭޝަނަލް ސޮސައިޓީ ފޮ ކްރިޝްނާ ކޮންޝަސްނެސް (އައިއެސްސީއޯއެން) އިން ހިންގާ މިޑްޑޭ މީލް ސްކީމެކެވެ. އަދި މިސްކީމްގެ ދަށުން މުމްބައި ގެ 500 މުނިސިޕަލް ސްކޫލެއްގައި ތަޢުލީމް ހާސިލް ކުރާ 2000 އެއްހާ ކުދިންނަށް ކެއުމެއް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 1000 ކުދިންނަށް ކެއުން ފޯރުކޮށްދިނުމަށް އައިޝްވާރްޔާ އެހީތެރިވާނެ ކަމަށް އޭނާވަނީ ބުނެފައެވެ.



އައިޝްވަރްޔާ ރާއި ބަޗަން ގެ ބައްޕަ މިއަހަރުގެ މާރޗު މަހު މަރުވުމުގެ ހިތާމައިގާ، އެއާއިލާއިން ނިންމާފައިވަނީ މިއަހަރު އެފަދަ އެއްވެސް ބޮޑު ޚަފްލާއެއް ނުބޭއްވުމަށެވެ. އައިޝްވާރްޔާގެ އުފަން ދުވަސް ވެސް އާއިލާއިން ފާހަގަ ކޮށްފައިވަނީ ހަމައެކަނި އާއިލާއިން އެކަނި ބައިވެރިވާ ގޮތަށް، ސިއްރިއްޔާތުގައެވެ. ނަމަވެސް އައިޝްވާރްޔާގެ އުފަން ދުވަހުގެ ކޭކުގެ ފޮޓޯއެއް އާންމުންނަށް ހާމަ ކޮށްފައިވެއެވެ. އޭނާގެ އުފަންދުވަހުގެ ކޭކު ހަދާފައިވަނީ މިއަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްއަށް އައިޝްވާރްޔާ ހެދުން އަޅާފައިވާ ގޮތް ދައްކުވާދޭ ބުދެއް ބޭނުން ކޮށްގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ