އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕިރްލޯ ކުޅުން ހުއްޓާލައިފި

ޕިރްލޯ ކުޅުން ހުއްޓާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް)ގެ ނިއު ޔޯކް ސިޓީ އެފްސީ އަށް ކުޅުނު ޕިރްލޯ ކްލަބް ފުޓްބޯޅައިން ރިޓަޔަރ ކުރީ، އެމްއެލްއެސް ކަޕްގައި ހޯމަ ދުވަހު ނިއު ޔޯކް ސިޓީ އަދި ކޮލަމްބަސް ކްރޫ ބައްދަލުކުރި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.

މި މެޗު ދެ ލަނޑު ސުން ލަނޑުން ނިއު ޔޯކް ސިޓީ ކާމިޔާބުކުރި ނަމަވެސް، ހަތަރު ލަނޑު ތިން ލަނޑުގެ އެގްރިގޭޓުން ބަލިވެ، އެމްއެލްއެސް ކަޕުން ނިއު ޔޯކް ސިޓީ ކެޓުމާއެކު އެކްލަބަށް ވަނީ ސީޒަން ނިމިފައެވެ.

އެމްއެލްއެސްގައި ނިއު ޔޯކް ސިޓީ އަށް ކުޅުނު ފަހު މެޗުގެ ބޮޑު ބައިގައި ޕިރްލޯ ނުކުޅުނު ނަމަވެސް، ރިޓަޔަރ ކުރުމަށް ޕިރްލޯ ވަނީ މެޗުގެ ފަހު މިނިޓުގައި ދަނޑަށް ނުކުމެފައެވެ.

ކްލަބް ފުޓްބޯޅައިން ރިޓަޔަރ ކުރުމަށްފަހު ޕިރްލޯ ވަނީ، ނިއު ޔޯކް ސިޓީ އެފްސީގެ ސަޕޯޓަރުންނާއި، ކޯޗުން އަދި ކުޅުންތެރިންނާއި ކްލަބުގެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، އޭނާގެ ކުޅިވަރުގެ ހަޔާތުގައި ކުޅުނު ހުރިހާ ކްލަބަކަށް ޕިރްލޯ ޝުކުރު އަދާކުރި އެވެ.

އުމުރުން 38 އަހަރުގެ މިޑްފީލްޑަރަކީ ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ތޫނުފިލި އަދި އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރެވެ.

އުމުރުން 22 އަހަރުގެ ކާމިޔާބު ކެރިއަރުގައި ޕިރްލޯ ވަނީ އިޓަލީގެ ޔުވެންޓަސް، އިންޓަރ މިލާން އަދި އޭސީ މިލާނަށް ކުޅެފައެވެ. 1995 ވަނަ އަހަރު އިޓަލީގެ ބްރޭސިއާ އިން ޕްރޮފެޝަނަލް ކެރިއަރު ފެށި ޕިރްލޯގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އޭސީ މިލާންގައެވެ. 2001 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް އޭސީ މިލާނަށް ކުޅުނު ދިހަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް 400 މެޗު ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2015 ވަނަ އަހަރު ނިއު ޔޯކް ސިޓީ އެފްސީ އާ ގުޅުމުގެ ކުރިން އޭނާ ކުޅެފައިވަނީ އިޓަލީގެ ޔުވެންޓަސް އަށެވެ.

ޕިރްލޯގެ ކެރިއަރުގައި 872 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ އިޓާލިއަން ލީގު ހަ ފަހަރު، އިޓާލިއަން ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ފީފާ ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އިޓަލީގެ ޤައުމީ ޓީމަށް އޭނާ ކުޅުނު 116 މެޗުގައި، 16 ލަނޑު ޖަހައިދީފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން