އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަނޑު ނުޖެހޭތީ ރޮނާލްޑޯ ކަންބޮޑުވެފައި...

ލަނޑު ނުޖެހޭތީ ރޮނާލްޑޯ ކަންބޮޑުވެފައި...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު



ފޯމް ދަށްވުމުން ލަނޑު ނުޖެހޭތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެކަމަކު ކުޅުން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް ގޯލެއް ޖެހިފައެއް ނުވެ އެވެ. ނިމިގެން ދިޔަ ސީޒަނާއި ޚިލާފަށް ރެއާލް މި ސީޒަނުގައި ކުޅެމުންދަނީ ދައް ފޯމެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާތަނަށް ލީގުގައި ދެ މެޗުން ބަލިވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ ތަފާތު ބޮޑުކޮށް ބަލިވެފައެވެ. ހަމަ އެއާ އެކު ރޮނާލްޑޯއަށްވެސްއަދިމިސީޒަނުގައިޖެހިފައިވަނީއެންމެގޯލެކެވެ. މިއީފާއިތުވިއަހަރުތަކުގައިރެއާލްގައިރޮނާލްޑޯދެއްކިކުޅުމާބަލާއިރުވަރަށްބޮޑުވެއްޓުމެކެވެ.

އެހެން ނަމަވެސް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 6 ގޯލް ރޮނާލްޑޯ ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިވަގުތު ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީވެސް ރޮނާލްޑޯއެވެ.

މީޑިއާއާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިފަހަރުގެ ސީޒަނުގައި އަދި ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވާކަމަށާއި އެކަމާއި ދެރަވާކަމަށެވެ. ރޮނާލްޑޯ ބުނީ މިކަން ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށާއި ބުނެލަން އޮތީ ހިއްވަރު ދެރަނުކޮށް ބުރަކޮށް މަސައްކަތް ކޮށްގެން ކުރިޔަށް އޮތް ތަނުގައި ރަނގަޅުކުރަން މަސައްކަތް ކުރާނެކަމަށެވެ. އަދި އޭނާގެ ކެރިއަރުގައި މިހިސާބަށް އާދެވުނީ ބުރަމަސައްކަތް ކޮށްގެން ކަމުގައިވެސް ރޮނާލްޑޯ ބުންޏެވެ.
" އަހަރެން ދެރަވޭ މިހާރު މިވާގޮތުން. މިދިޔަ ސީޒަނާއި އަޅާށބަލާއިރު ވަރަށް ބޮޑުތަން ދައްވެއްޖެ. ރެއާލް މުޅި ޓީމުވެސް މިފަހަރު އަދި ފެންނަނީ ފޯމުގައެއް ނޫން. އެކަމުވެސް މިކަން ރަނގަޅު ކުރެވޭނެ. ބުރަމަސައްކަތް ކޮށްގެން ރަނގަޅުކުރެވޭނެ." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ގަބޫލްކުރާ ކަމަށާއި އެކަމަކު އެންމެ މުހިއްމު ކަމަކީ ޓީމު މޮޅުވަމުން އައުން ކަމަށް އޭނާ ބުންޏެވެ.
"އިތުބާރު ދަށްވެއްޖެ ނަމަ ގޯސްތައް ހެދޭނެ. އަދި ލަނޑުޖަހަން ލިބޭ ފުރުސަތުވެސް ގެއްލޭނެ . އެއީ މި ވަގުތު އަހަރެން ކަންބޮޑުވާކަމެއް،" ރޮނާލްޑޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑު ދޫކޮށް 2009 ވަނަ އަހަރު ރެއާލްއާއި ގުޅުނު ފޯވާޑް ވަނީ އެ ޓީމަށް 272 މެޗުން 286 ގޯލްޖަހައިދީފައެވެ. އޭނާވަނީއެކްލަބާ އެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު 3 ފަހަރުކާމިޔާބުކޮށްފައެވެ. އަދިދެފަހަރުކުލަބުވޯލްޑްކަޕުކާމިޔާބުކުރުމުގުގެއިތުރުންޔޫއެފާސުޕަކަޕްވެސް 2 ފަހަރުރެއާލްއާއެކުކާމިޔަބުކޮށްފައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން