މަހަކު މިލިއަނެއް ދިން ނަމަވެސް ޙަރާމްކަމެއް ނުކުރަން މަގުމަތިވި އަންހެނަކަށް 12 މިލިއަންޑޮލަރުގެ ތަނަވަސްކަން!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 28 ސިކުންތު

ސަޢީދާ އަކީ ދުނިޔޭގެ އެންމެ މައްސަލަތައް ގިނަ އަދި ދިރިއުޅެން އެންމެ ދަތި އެއް ޤައުމުކަމަށްވާ ޒިމްބާބްވޭގެ ހޮޓަލެއްގެ ރިސިޕްޝަންގަ މަސައްކަތްކުރަމުން އައި ޒުވާނެކެވެ. ވަރަށް ކުޑަކުޑަ މުސާރައަކަށެވެ. ގެއަށް ގެންދަން ލިބެނީ މަހަކު އެންމެ 40 ޑޮލަރުވަރެވެ.

އެއިން އޭނާގެ މަންމައިންބަފައިންގެ އަސާސީ ބޭނުންތައްވެސް ފުއްދައިލެވޭ ވަރެއް ނުވެއެވެ. މަންމަ އާއި ބައްޕައަކީ ބަލި ދެމީހުންކަމަށްވާއިރު ބޭސްފަރުވާވެސް ކޮށްލެވޭ ވަރެއް ނުވެއެވެ.

މެދުއިރުމަތީގެ ޤައުމުތަކަށް ވަޒީފާ އަދާކުރަންދާ މީހުންނަށް ވަރަށް ބޮޑެތި މުސާރަ ލިބޭ ކަމުގެ އަޑުތައް ސައީދާއަށްވެސް އިވެއެވެ. އެހެންކަމުން ސައީދާ ހުރީ އެފަދަ ފުރުޞަތަކަށް ވަރަށް ބޮޑަށް އެދިގެންނެވެ. އެޖެންސީއަށް ދައްކާނެ ފައިސާ ނެތުމުން ކެތްތެރިވެގެން ހުރީއެވެ.

ޒިމްބާބްވޭއަށް ވިޔަފަރިކަމުގައި ދިއަ އަރަބި ބައަކު ތިބޭ ހޮޓަލަކަށް ވީ ސަޢީދާ މަސައްކަތްކުރާ ހޮޓަލެވެ. އެގޮތުން އެމީހުންނާއި ބައްދަލުވެ ވާހަކަ ދައްކައި އުޅުމުގެ ތެރެއިން ސައީދާ އޭނާގެ އެދުން އެމީހުންނަށް ހުށަހެޅިއެވެ. ހާލަތުވެސް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

ވަފުދުގެ އެންމެ ބޮޑަކަށް ހުރި މީހާ ސައީދާއަށް ވަޒީފާއެއް ހުށަހެޅިއެވެ. އޭނާގެ އޮފީހުގައި އޭނާއަށް އެހީތެރިވުމަށެވެ. މަހަކު 500 ޑޮލަރުގެ މުސާރައެއްވެސް ދޭން އެއްބަސްވިއެވެ.

ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ސަޢީދާ ވަޒީފާއަށް ދިއައެވެ. ބަޙްރައިނަށެވެ. އަދި ބޮޑުމީހާ ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދިއައެވެ.

،2 3 މަސްފަހުން ބޮޑުމީހާ އިތުރު މަސައްކަތްތައް ޖައްސަން ފެށިއެވެ. އެއީ އޮފީހަށް އަންނަ މެހްމާނުންނާއި ބައްދަލުކޮށް އެމީހުންނަށް ޚިދުމަތްކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެމީހުންނަށް ބޭނުންވާ ބުއިންތައް ފޯރުކޮށްދިނުމެވެ. އެއިގެ ތެރޭގައި ބަނގުރާ ވެސް ހިމެނެއެވެ.

އެއްވެސް މީހަކަށް ބަނގުރާ ބޯން ދިނުމަކީ ސައީދާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ސައީދާގެ މައިން ބަފައިން ވަނީ އެކަން ނުކުރަން ސައީދާއަށް ދަސްކޮށްދީފައެވެ. އެހެންކަމުން އެކަން ކުރަން ނުޖެހޭ މަސައްކަތަކަށް ބަދަލުކޮށްދޭން އެދުމުން ބޮޑުމީހާ ބުނީ އެކަން ނުކުރެވޭނެ ކަމަށާއި މުސާރަ މަހަކު 1000 ޑޮލަރަށްވެސް ބޮޑުކޮށްދީފާނެ ކަމަށެވެ.

ޖެހިގެން އައި ދުވަހު ސައީދާ ވަޒީފާއަކަށް ނުނުކުމެއެވެ. ބޮޑުމީހާއަށް ގުޅާފައި ބުނީ މަހަކު 1 މިލިއަން ޑޮލަރު ދިން ނަމަވެސް މާތް ﷲ ހަރާމް ކުރައްވަވާފައިވާ ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އޭނާއަށް އެ މަސައްކަތް ކުރަން ނުޖެހޭނެ މަސައްކަތެއް ނުދޭނެ ނަމަ އޭނާ އެދެނީ ވަޒީފާއިން ވަކިވުމަށް ކަމަށެވެ.

އެއިރު ސަޢީދާގެ އަތުގައި އޮތީ އެންމެ 100 ޑޮލަރެވެ. އެހެންކަމާއިއެކުވެސް ވަޒީފާ ދޫކޮށް ދަބަސް ހިފައިގެން ނުކުތީ މަގުމައްޗަށެވެ.
ބަހަކަށް އަރައި އެބަސް ދާތަނަކަށް ސައީދާ ދިއައީ އެދެވެނީ ކޮން ތަނަކަށް އެނގިހުރެއެއް ނޫނެވެ. އެ ސަރަހައްދުވެސް ދޫކޮށް އެހެން ސަރަހައްދަކަށް ދިއުމުގެ ބޭނުމުގައެވެ.

ބަސް އެއިގެ އެންމެ ފަހު މަންޒިލަށް މަޑުކުރުމުން ސައީދާ ވެސް ބަހުން ފެއިބިއެވެ. އަދި ނޫހެއް ގަނެލައިގެން ސަޢީދާ ދިއައީ މިސްކިތަކަށެވެ. ނޫސް ގަތީ ވަޒީފާގެ ފުރުޞަތުތައް ބެލުމަށެވެ.

މިސްކިތުގައި ދިރިއުޅޭ އަންހެނުންނާއިއެކު ސައީދާ ދިރިއުޅެން ފެށިއެވެ. އޭނާ ކައި އުޅުނީ މިސްކިތަށް މީހުން ހަދިޔާކުރާ ކާތަކެއްޗެވެ. ކުރަނީ އެންމެ ޚަރަދެކެވެ. އެއީ ކޮންމެ ދުވަހަކުވެސް ނޫހެއް ގަތުމެވެ.

މިސްކިތުގައި ދިރިއުޅެމުން ގެންދާތާ 2 މަހެއްހައި ދުވަސްފަހުން މިސްކިތަށް އައި އަންހެނަކު ސައީދާއަށް ގޮވާލުމަށްފަހު ސަޢީދާގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ. އެއަށްފަހު އެމީހާ އެދުނީ އޭނާގެ ކަންކަން ބަލަހައްޓައި ދިނުމަށް އޭނާގެ ގެއަށް ގޮސްދިނުމަށެވެ. އެކަށީގެންވާ ރަނގަޅު އުޖޫރައެއް ދޭނެ ކަމަށްވެސް ބުންޏެވެ.

އެނާގެ ބަސް ޤަބޫލުކޮށް މާތް ﷲ އަށް ވަކީލުކުރުމާއިއެކު އޭނާގެ ގެއަށް ދިއަ އެވެ. އަދި ގޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދިއައެވެ. "ދައްތަ" އަކީ ވަރަށް ހެޔޮ އަންހެނެކެވެ. މުސާރައެއް ނުދެއެވެ. އެކިމަހު ފައިސާ ދެނީ އެކި އަދަދަށެވެ. މަދުވެގެން މަހަކު 800 ވަރަކަށް ޑޮލަރު ދެއެވެ.

އެއްދުވަހަކު ސައިދާ ގެންގޮސް ގާތުގައި ބެއިންދުމަށްފަހު ބުންޏެވެ. ސަޢީދާއެވެ. އަހަރެންގެ ފިރިހެން ދަރިއަކު ހުރެއެވެ. އޭނާ އާއި ކައިވެނިކޮށްފާނަން ހެއްޔެވެ؟ ކަލެއަކީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެކެވެ. އަހަރެންގެ ދަރިފުޅު ކައިވެނި ކުރުވަން ބޭނުމީ ތިއަ ފަދަ ކުއްޖަކާއެވެ.

ސައީދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިހައި ދުވަސްވީއިރުވެސް ދައްތަގެ ދަރިއަކު ހުންނަކަން ނުވެސް އެނގޭތީއެވެ.
"ދައްކަ ބުނި ކޮންމެ ކަމަކާ އަހަރެން ޤަބޫލެވެ. ނަމަވެސް ދަރިފުޅު އަހަރެންނާއި ޤަބޫލުވާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ މިހައި ދުވަސްވިއިރުވެސް ދަރިފުޅު ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟"

"އެކަންވާ ގޮތަކީ ދަރިފުޅަކީ ސިކުނޑީގައި ކުޑަ މައްސަލައެއް ހުންނަ ކުއްޖަކަށްވާތީ މިއުޅެނީ ފަރުވާދޭ ތަނެއްގައި ބަހައްޓައިގެންނެވެ. އެއީ އެހައި ބޮޑު ކަމެއް ނޫނެވެ. ހިތަށް އަރައިފިނަމަ އަނގައިން ނުބުނެ ހުރެދާނެއެވެ. ކެއުމަށްވެސް ބޮޑާހާކައިފާނެއެވެ. ފެންވަރަންވެސް ބޭނުން ނުވެދާނެއެވެ. ނަމަވެސް ރުޅިގަދަވެ މީހުންނަށް އުނދަގޫކޮށެއް ނުއުޅޭނެއެވެ."

"އަދިވެސް ބުނަން ހެއްޔެވެ؟ ސައީދާ ކައިރިން މިިއެދެވެނީ ވަރަށް ބޮޑު ކަމަކަށެވެ. މިފަދަ ކަމެއް ހުރި ކުއްޖަކާ ކައިވެނިކުރަން އެއްވެސް އަންހެނަކު ބޭނުމެއް ނުވާނެއެވެ. ބޮޑު ތަކުލީފަކަށް ވާނެތީއެވެ. އެހެންކަމުން އެކަމުގެ އަގެއްގެ ގޮތުން މި ގެއާއި 2 މިލިއަން ޑޮލަރުގެ ފިހާރައެއް ސައީދާއަށް ދޭނަމަވެ."

ސައީދާ ބުނީ އޭނާ ކައިވެނިކުރާނެ ކަމަށެވެ. ކައިވެނީގެ އަގެއްގެ ގޮތުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށެވެ. އަދި ކައިވެންޏަކީ ވިޔަފާރިއެއް ނޫން ކަމަށެވެ. ކައިވެނީގެ ހަޔާތުގައި ތަކުލީފް އުފުލަން ޖެހޭނެ ބައަކުވެސް އުޅޭނެ ކަމަށާއި އެއީ މާތް ﷲ ކުރިމަތިކުރައްވަވާ އިމްތިހާނެއް ކަމަށެވެ. އެ އިމްތިޙާނުން ފާސްވާން މަސައްކަތްކުރާނެ ކަމަށެވެ.

ޖެހިގެން އައި މަހު ކައިވެނިކުރެވުނެވެ. ސަޢިދާ ބޭނުން ނުވި ނަމަވެސް ކައިވެނީގެ ހަފްލާގައި ގެއާއި 2 މިލިއަން ޑޮލަރުގެ ފިހާރަ ސައީދާއަށް ވަނީ ހިބައިން ދީފައެވެ.

ކައިވެނީގެ ކުރީކޮޅު ފިރިމިހާގެ ކިބައިން ބައެއް ކަންކަން ފެނުނެވެ. ނަމަވެސް ސައީދާގެ އޯގާތެރިކަމާއި ހިތްހެޔޮކަާއިއެކު ދާދި އަވަހަށް ފިރިމީހާގެ ބަލި ވަނީ ފަސޭހަވެފައެވެ.

ދަރިފުޅުގެ ބަލި ފަސޭހަވުމުން މަންމަ ވަނީ އޭނާގެ ދެން ހުރި މުދާ ދަރިފުޅަށް ދީފައެވެ. ސައީދާ މިއަދު ދިރިއުޅެމުން ދަނީ އަމިއްލަ މިލިއަނަރުކަމާއި ފިރިމީހާގެ މިލިއަނަރުކަމާއިއެކު 4 މިލިއަން ޑޮލަރުގެ ގެދޮރާއި 8 މިލިއަން ޑޮލަރުގެ ވިޔަފާރީގެ ތަނަވަސް ކަމުގައެވެ.

މާތް ﷲ ޙަރާމް ކުރެއްވެވި ކަމެއް ނުކުރިނަމަވެސް، ތަނަވަސްކަން މާތް ﷲ ދެއްވަވަން ހުރި އަޅަކަށް ދެއްވަވާނެކަން އަބަދުވެސް ސައީދާ ޤަބޫލުކުރެއެވެ. އަދި އޭނާއަށް އަމަލުކުރެވުނު ގޮތާއިމެދު އަބަދުވެސް ފަޚުރުވެރިވެއެވެ.

ކޮމެންޓް ކުރެއްވުމަށް

Asy

10 months 2 weeks ago

Masha Allah nasybu Veri eh thy

In

10 months 2 weeks ago

Hurihaa kudhin ves saeedhaa kahala kuhjaka vebala..

ގަމަރު

10 months 2 weeks ago

ކޮބަ މީނަގެ މައިންބަފައިންނައް ވީ ގޮތެއް ނުބުނަމެއްނުން މީނަމިޅިޔަނަރަކަށް ވީއިރު ކައިވެނީގެ ވަޅީމާ ތެރޭންވެސް އަދި މުއްސަނދި ކަމުގެ ތެރެއިން ވެސް ސައީދާގެ މައިންބަފައިން ނެއް ވެސް ނެއް ވަށް ކަޑަ ސައީދާ އެމީހާއި ކުރި ކައިވެނި ވަރަށްވެސް މާތް.

moadu

10 months 2 weeks ago

Shukuran

އަބްދުއްލަތީފް