އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާސީ އިންތިޙާބުގައި އަދާލަތު ޕާޓީއިން ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރަން ނިންމައިފި

ރިޔާސީ އިންތިޙާބުގައި އަދާލަތު ޕާޓީއިން ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރަން އަދާލަތު ޕާޓީ އިން ރަސްމީކޮށް ނިންމައިފިއެވެ.

އަދާލަތު ޕާޓީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދުކޮށް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ޕާޓީތަކާއިއެކު އެއްބަސްވެވޭ ޝަރުތުތަކަކާއެކު ކުރިއަށްދާން އެޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.

ކޯލިޝަން ސަރުކާރަކަށް ރިޔާސީ އިންތިޙާބުގައި އަދާލަތު ޕާޓީ އިން ތާއީދުކުރި ކަމުގައި ވިޔަސް، އިންތިޙާބާއި ގުޅޭ ގޮތުން ކޯލިޝަންގައި މަސައްކަތް ކުރާ އެހެން ޕާޓީތަކުން އަދި ވަކި ގޮތެއް ރަސްމީކޮށް ނުނިންމައެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލައި ރައްޔިތުންގެ މަޖިލީހުގެ ހިންގުން ހުއްޓުވާލައި މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ހައިސިއްޔަތު މިސަރުކާރުން ވަނީ ކަނޑާލާފައި ކަމަށް އަދާލަތު ޕާޓީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ކޯލިޝަން ސަރުކާރަކަށް ތާއީދުކުރަން ނިންމި ނިންމުމަކީ ޤައުމަށް ދިމާވެފައިވާ މިމުސީބާތުން ދިވެހި ދައުލަތް ސަލާމަތް ކުރަން ނިންމި ނިންމުމެއް ކަމަށް ވެސް އެޕާޓީ އިން ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ