އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާ އިން ހުޅުވާލި "މިއޮތީ ރަސީދު" ކެމްޕޭނުގެ އޮކްޓޯބަރ މަހުގެއިނާމުތައް ހަވާލުކޮށްފި

މީރާ އިން ހުޅުވާލި "މިއޮތީ ރަސީދު" ކެމްޕޭނުގެ އޮކްޓޯބަރ މަހުގެއިނާމުތައް ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުޅުވާލި "މިއޮތީ ރަސީދު" ކެމްޕޭނުގެ އޮކްޓޯބަރ މަހު ރަސީދު ފޮނުވި މީހުންގެ ތެރެއިން، ގުރުއަތުން ހޮވުނު ފަރާތްތަކަށާއި އެންމެ ގިނަ ރަސީދު ފޮނުވި ފަރާތްތަކަށް ދޭ ފައިސާގެ އިނާމު މިއަދު ހަވާލު ކޮށްފިއެވެ.

އޮކްޓޯބަރ މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިފައިވަނީ އިބްރާހިމް ޞަބްރީ އެވެ. އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން ފައިސާގެ އިނާމު ހާސިލް ކޮށްފައިވަނީ މުޙައްމަދު އިބްރާހިމް އެވެ.

ފައިސާގެ އިނާމު ހަވާލު ކޮށްދެއްވުމަށް މިއަދު މީރާ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިނާމު ހަވާލު ކޮށްދެއްވީ އެއޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު އެވެ.

"މިއޮތީ ރަސީދު" ކެމްޕޭނަކީ 5 ސެޕްޓެމްބަރ 2017 އިން ފެށިގެން 28 ފެބްރުއަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ ކެމްޕޭނެކެވެ. މިކެމްޕޭނުގެ ދަށުން ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމު އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.އަދި މީގެ އިތުރުން މުޅި ކެމްޕޭނުގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މީރާ އިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ