އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާއިތުވީ އޮކްޓޯބަރ މަހު މީރާ އަށް 983.5 މިލިއަން ރުފިޔާ ބަލައިގެންފި

ފާއިތުވީ އޮކްޓޯބަރ މަހު މީރާ އަށް 983.5 މިލިއަން ރުފިޔާ ބަލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ފާއިތުވީ އޮކްޓޯބަރ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 983.5 މިލިއަން ރުފިޔާ ބަލައިގެންފި ކަމަށް އެއޮތޯރިޓީ އިން ހާމަ ކޮށްފިއެވެ.

މީރާ އިން ހާމަ ކުރި ގޮތުގައި މިއަދަދާއިއެކު މިއަހަރުގެ މިހާތަނަށް އެއޮތޯރިޓީ އިން ބަލައިގަތް ޖުމްލަ ވަނީ 12.89 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެންމެ ގިނަ އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީ އިން ކަމަށް މީރާ އިން ވަނީ ހާމަކޮށްފައެވެ. އެއީ އޮކްޓޯބަރ މަހު ލިބުނު ޖުމްލަ އާމްދަނީގެ %54.9 ނުވަތަ 539.5 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓު ( .1 ނުވަތަ 128.5 މިލިއަން ރުފިޔާ) އިންނެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.1 އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާ އިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ