އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2018 ގެ ވަރލްޑް ކަޕްގެ ބޯޅަ"ޓެލްސްޓާރ 18" ދައްކާލައިފި

2018 ގެ ވަރލްޑް ކަޕްގެ ބޯޅަ"ޓެލްސްޓާރ 18" ދައްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މީގެ 47 އަހަރުކުރިން މަސްހޫރު އެޑިޑާސް ކުންފުނިން އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށްފަހު އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވަރލްޑް ކަޕްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅައިގެ ގޮތުގައި 'ޓެލްސްޓާރ 18' ހަމަޖައްސައި އާންމުންނަށް ދައްކާލައިފިއެވެ.

މި ބޯޅައަކީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވަރލްޑްކަޕްގައި ބޭނުން ކުރި މި ބޯޅަ ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތައް ބޭނުން ކޮށްގެން މި ޒަމާނާ ގުޅޭގޮތަށް ފަރުމާ ކޮށްފައެވެ. އެގޮތުން މި ބޯޅައިގައި ނިއަރ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޗިޕެއް ހަރުކުރެވިފައިވާއިރު، އެއީ ސްމާޓްފޯނު މެދުވެރިކޮށް ބޯޅަ އާއި މުއާމަލާތު ކުރެމުގެ ފުރުސަތު ބޯޅަ ބޭނުންކުރާ ފަރާތްތަކަށް ދިނުމުގެ ގޮތުން ހަރުކުރެވިފައިވާ ޗިޕެއް ކަމަށް އެޑިޑާސް ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން މި ޗިޕްގެ ސަބަބުން ބޯޅަ އޮންނަ ތަން ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކަމަށާއި އެ ބޯޅަ އުފެއްދުމުގައި ރީސައިކަލް ކުރެވިފައިވާ މާއްދާތައް ބޭނުން ކުރެވިފައިވާ ކަމަށް އެޑިޑާސް އިން ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން އެޑިޑާސް ކުންފުނިން ބުނީ، އެ ކުންފުނީގެ އުންމީދަކީ އަންނަ އަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕުގައި ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދިއުމަށް އެ ބޯޅަ އަކީ އެންމެ ބޮޑު އެހީތެރިއަކަށް ވެގެން ދިއުން ކަމަށެވެ.

ޓެލްސްޓާ 18 ރަސްމީކޮށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯޅަ ތައާރަފް ކޮށްދިނީ އާޖެންޓީނާއާއި ސްޕެއިންގެ ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ އެވެ.

ބޯޅަ ރަސްމީކޮށް އިފްތިތާހު ކުރުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން މެސީ ބުނީ މިފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުކުރި މި ބޯޅަ ވަރަށް ވެސް ފުރިހަމަ ކަމަށާއި އަދި އަލަށް އެކުލެވިފައިވާ ސިފަތަކާއި ބޯޅައިގެ ކުލަ އާއި އެހެނިހެން ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

މީގެ އިތުރުން މެސީވަނީ ބޯޅަ ތައާރަފް ކުރުމަށް އެޑިޑާސް ކުންފުނިން އޭނާއަށް ފުރުސަތު ދިންކަމަށްޓަކައި އެކަމަށް އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށްވެސް މެސީވަނީ ބުނެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން