އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްރޮއޭޝިއާ އާއި ސްވިޒަލޭންޑް ވަރލްޑް ކަޕަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ އާއި ސްވިޒަލޭންޑް ވަރލްޑް ކަޕަށް ކޮލިފައިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވަރލްޑް ކަޕަށް ކްރޮއޭޝިއާ އާއި ސްވިޒަލޭންޑް ކޮލިފައިވެއްޖެއެވެ.

ކްރޮއޭޝިއާ ވަރލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗުގައި ރޭ ގްރީސްއާ ބައްދަލުކުރި މެޗު އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ކްރޮއޭޝިއާ އިން ކާމިޔާބުކުރީ 1-4 އިންނެވެ.

ގްރީސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މުޅި މެޗުގައި ވެސް ކްރޮއޭޝިއާއަށް ގްރީސްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެ ހަމަލާ ފޮނުވާލީ ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އެވެ. އޭނާ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައިވެފައިވާއިރު މިއީ އެޓީމު ވަރލްޑް ކަޕަށް ކޮލިފައިވި ފަސްވަނަ ފަހަރެވެ.

ސްވިޒަލޭންޑް ވެސް ވަރލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗުގައި ރޭ ނޮދަން އަޔަލޭންޑާ ބައްދަލުކުރި މެޗު އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ސްވިޒަލޭންޑުން ކާމިޔާބުކުރީ 0-1 އިންނެވެ.

ސްވިޒަލޭންޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ވެސް ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ. އެގޮތުން ސްވިޒަލޭންޑްގެ އެމްބޯލޯ އާއި ޒުބާ ފޮނުވާލި ހަމަލާތަށް ދިފާއުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޮދަން އަޔަލޭންޑްގެ ކީޕަރު މެކްގޮވާންއަށެވެ.

ނޮދަން އަޔަލޭންޑަށް ގޯލްޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ އެންމެފަހު ވަގުތު ކޮޅުތެރޭގައެވެ. ނަމަވެސް އެވަންސް ބޮލުން ފޮނުވާލި އެ ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ސްވިޒަލޭންޑްގެ ޑިފެންޑަރު ރޮޑްރިގޭޒް ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ސްވިޒަލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު މިއީ އެޓީމުން ވަރލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.

ވަރލްޑްކަޕް ޕްލޭއޮފްގެ ފޯރިގަދަ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލަުކުރާނީ އިޓަލީއާއި ސްވިޑަންއެވެ. މިރޭގެ އިޓަލީގެ އަމިއްލަ ގައުމުގައި ކުޅޭ މި މެޗުން އެޓީމަށް މޮޅުވެވިގެން ނޫނީ ސަލާމަތެއް ނެތެވެ. މިރޭގެ މެޗު އެއްވަރުވެގެން ނިމިއްޖެނަމަވެސް ވޯލްޑްކަޕަށް ކޮލިފައިވާނީ ސްވިޑަންއެވެ. އެއީ ފުރަތަމަ ލެގުގެ މެޗުން 0-1 އިން ސްވިޑަން މޮޅުވެފައިވާތީއެވެ.

އިޓަލި އަދި ސްވިޑަން ބައްދަލުކުރާ މި ފޯރިގަދަ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 00:45 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން