އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިޓަލީގެ ގައުމީ ޓީމަށް ކުޅެމުން އައި ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މިހާރު އުމުރުން 39 އަހަރު ވެފައިވާ ތަޖުރިބާކާރު ގޯލްކީޕަރު ބުފޮން މީގެކުރިން ނިންމާފައިވަނީ އަންނަ އަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ގޮތަށްކަމަށްވިޔަސް ރޭ ޕްލެއިފްގައި އަމިއްލަ ގައުމުގައި ސްވިޑެން އާ ދެކޮޅަށް ކުޅެ މޮޅު ނުވެވި އިޓަލީ އަށް ވޯލްޑް ކަޕަށް ކޮލިފައި ނުވެވުމުން ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރޭގެ މެޗަށްފަހު އިއުލާންކޮށްފައެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ބުފޮން ބުނީ އޭނާ ގަސްދުކޮސްގެން ހުރީ ވޯލްޑްކަޕަށް ފަހު ރިޓަޔާކުރަން ކަމަށާއި އެހެން ނަމަވެސް ނަސީބުގައި ކަންދިމާކުރިގޮތުން އިޓަލީ ވޯލްޑްކަޕަސް ކޮލިފައި ނުވީމަ ހުއްޓާލަން ޖެހުނީކަމަށެވެ.

ބުފަން ބުނީ އޭނާގެ ފަހު މެޗަކީ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވި މެޗަށް ވުމުން އެކަމާ ހިތާމަކުރާކަމަށާއި އެހެން ނަމަވެސް އޭނާ ގައުމީ ޓީމު ދޫކޮށްލަނީ ރަނގަޅު ބައެއްގެ އަތް މައްޗަށްކަމަށެވެ. ބުފޮން ބުނީ އޭނާ ގައުމީޓީމާއި ދުރަށްދާން ޖެހުމުން އެކަމާއި ދެރަނުވާކަމަށާއި އެހެން ނަމަވެސް އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ދެރަވާކަމަށް ބުފޮން ބުންޏެވެ.

ބުފޮން އިޓަލީގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 1997 ވަނަ އަހަރުއެވެ. ބުފޮން ވަނީ ގައުމީ ޓީމަށް 175 މެޗު ކުޅެދީ ވޯލްޑް ކަޕެއް ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ބުފޮންގެ އިތުރުން އިޓަލީގެ ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ބައެއް ކުޅުންތެރިން ކަމަށްވާ ބަރްޒާގްލީ އާއި ކިއެލީނީގެ އިތުރުން ޑިރޮސީ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑީޔާ ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވިއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އިޓަލީވަނީ ވޯލްޑްކަޕް ހަތަރުފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން