އެކައުންޓުގަ 2 މިލިއަން ޑޮލަރު- ޖަމާކުރިި މީހަކު ނޭނގޭތީ ނުނަގަން ހުއްޓާ ދަރިއަކަށް ފަރުވާ ނުކުރެވި މަރު!- އިނާމަށް 4 މިލިއަން!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

އަޝްފާލް އަކީ ޔޫއޭއީގެ ހޮޓަލެއްގައި ވަރަށް އާދައިގެ ވަޒީފާއެއް އަދާކޮށްގެން ދިއިރިއުޅެމުން އައި މީހެކެވެ. ޢާއިލީ ދިރިއުޅުމުގައި ދެ ދަރިން ލިބިފައިވަނިކޮށް ފައަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަޒީފާ ގެއްލުނުފަހުން އެކައުންޓަށް އެންމެ ދިރުހަމެއްވެސް ޖަމައެއް ނުކުރެއެވެ. ޖަމާކުރާ ވަރަށް ނުލިބޭތީއެވެ.

އަޝްފާލް ދިރިއުޅެމުން އައީ ވަރަށް ނިކަމެތި ހާލަތެއްގައެވެ. އަވަށްޓެރި ކުދިންނަށް ކިޔަވައިދީގެން ލިބޭ އާމްދަނީން މަހުގެ ޚަރަދު ހަމަޖައްސައިލެވެނީ ހަމަކިރިޔާއެވެ.

ކުއްލިއަކަށް އަޝްފާލަށް ލިބުނީ ސިހުމެކެވެ. ކޮންމެވެސް މީހަކު އޭނާގެ އެކައުންޓަށް ވަނީ 2 މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އެމީހަކު ހޯދަން އަޝްފާލުކުރި މަސައްކަތުން އެކަން އޮޅުންފިލާނެ ގޮތެއް ނުވިއެވެ. ފައިސާ ޖަމާކޮށްފައިވަނީ އޯފްޝޯ ބޭންކެއްގެ އެކައުންޓަކުންނެވެ. އެ ބޭންކާއި ތަކުރާރުކޮށް ގުޅުމުންވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނުދިނުމުން ވެރިއަކު ވަންދެން އަޝްފާލު މަޑުން ހުރީއެވެ.

އަޝްފާލް އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އެމީހަކު ހޯދޭތޯއެވެ. ފުލުހުންގެ ކިބައިންވެސް ވަނީ އެއްބާރުލުން ނުލިބިފައެވެ.

އަޝްފާލް އެ ފައިސާ ބޭނުމެއް ނުކުރިއެވެ. އެއްވެސް މީހެއްގެ ފައިސާ ގޮތް ނުއެނގި ބޭނުންކުރަން ބޭނުން ނުވާތީއެވެ. އެ ފައިސާ ހޯދަން އެމީހަކު އަތުވެއްޖެނަމަ ފައިސާ އަނބުރާ ނުދެވޭތީއެވެ.

އެފަދަ ދަތި ގޮތަކަށް ދިރިއުޅެމުން ދަނިކޮށް ހަގަށް ހުރި ދަރިފުޅު ވަރަށް ބޮޑަށް ބަލިވިއެވެ. ބޭސްކުރާނެ ފައިސާ އަތުގައި ނެތުމުން އެކަށީގެންވާ ފަރުވާއެއް ނުކުރެވި އުޅެނިކޮށް ދަރިފުޅު ވަނީ ދުނިޔެ ދޫކޮށްފައެވެ. އެވަރުންވެސް އަޝްފާލު އެ ފައިސާގައި ޖެހެން ބޭނުމެއް ނުވިއެވެ.

ދުވަސްތަކަކަށްފަހު އަޝްފާލާއި ބައްދަލުވި ނޫސްވެރިއަކަށް އެވާހަކަތައް ކިޔައިދިނެވެ. ގޮތް ނުއެނގޭ ފައިސާތަކެއް އޭނާގެ އެކައުންޓުގައި އެބަހުރި ކަމާއި އެހެން ކަމާއިއެކުވެސް ބޭސް ނުކުރެވި ދަރިފުޅު ނިޔާވި ގޮތުގެ ހިތްދަތި ވާހަކަތަކެވެ.

ނޫސްވެރިޔާ އެވާހަކަ ނޫހުގައި ޖެހިއެވެ. އަޝްފާލުގެ ތެދުވެރިކަމާއި ކެތްތެރިކަމަށް ތައުރީފްކޮށްފައެވެ. ޚަބަރު ޝާއިއުކުރިތާ 3 ވަނައަށް އޮތް ދުވަހު އޭނާ އާއި ބައްދަލުކުރީ މެކްސިކޯގެ ބިލިއަނަރެކެވެ. އޭނާ އެދުމުން އަޝްފާލުގެ އެކައުންޓް ނަމްބަރުވެސް ކިޔައިދިނެވެ.

ސެކެޓްރީ ލައްވާ ލެޕްޓޮޕުން އޭނާގެ އެކައުންޓެއް ބަލައިލިއިރު އެ ފައިސާ ޖަމާކުރެވިފައިވަނީ އޭނާއަށެވެ.

"ތިއަ މުޢާމަލާތަކީ އަހަރެން އަހަރެންެގެ ސިއްރު ލޯބިވެރިއަކަށް ވަރަށް ސިއްރުން ކުރަން އުޅުނު މުޢާމަލާތެކެވެ. އޭނާގެ އުފަން ދުވަހަށް ދިން ހަދިޔާއެކެވެ. ކަން ދިމާވިގޮތުން އެކްސިޑެންޓެއްވެ އެދުވަހު އޭނާ ވަނީ މަރުވެފައެވެ. އެހެންވެ ފައިސާ ލިބުނުކަން އެނގޭނެ އެއްވެސް ގޮތެއް ނުވެއެވެ. އެކަމާ އަހަރެން އަޅައެއްވެސް ނުލަމެވެ.

ތިއަ ފައިސާ ޖަމާކުރީ ކާކުގެ އެކައުންޓަކުންކަން ނުބުނަން އަހަރެން ވާނީ ބޭންކުގައި އެދިފައެވެ. ކަލެއަށް ޖަވާބެއް ނުލިބުނީ އެހެންވެގެންނެވެ.
އަހަރެންނަކީ ނިކަމެތިންގެ ހާލު ޚަބަރުތަކުން ކިޔައި އުޅޭ މީހަކަށް ވާތީ ކަލޭގެ ޚަބަރު ކިޔުމަށްފަހު ވަރަށް ދެރަވިއެވެ. ތެދުވެރިންވެސް ދުނިޔޭގައި އުޅޭކަން އެނގި އުފާވެސް ކުރީމެވެ.

އަހަރެން ދެންމެ ކަލޭގެ އެކައުންޓް ނަމްބަރު މި އޮޅުން ފިލުވީ ކަލެއަށް ހަދިޔާއެއް ދިނުމަށެވެ. އަހަރެންގެ އެކައުންޓުން ފައިސާ ދޫކުރެވޭ މީހުންގެ އެކައުންޓްތައް އަހަރެންގެ ޑާޓާ އިން އެނގޭނެއެވެ. އެ ޑާޓާއިން ކަލޭގެ ނަމްބަރު ފެނުމުން މުޢާމަލާތް ބަލައިލިއިރު އެއީ އޮޅުމަކުން ކުރެވުނު މުޢާމަލާތެއްކަން އެނގުނެވެ. ކަލޭގެ އެކައުންޓް ނަމްބަރާއި އަހަރެންގެ ލޯބިވެރިޔާގެ އެކައުންޓް ނަމްބަރާއި ތަފާތުވަނީ އެންމެ ފަހު އަކުރެވެ. އެހެންވެ އެ އޮޅުން އަރާފައި އޮތީއެވެ.

ކަލެއަށް އަހަރެން ހަދިޔާއަކަށް ދޭން އުޅުނީ 2 މިލިއަން ޑޮލަރެވެ. އެހެންވީމާ އެ 2 މިލިއަން ޑޮލަރު މިވަގު ހަމަ މިދެނީއެވެ. ކުރިން ޖަމާކުރެވިފައިވާ 2 މިލިއަން ޑޮލަރުވެސް ކަލެއަށެވެ. އެއީ އަހަރެންގެ ލޯބިވެރިޔާގެ ހައްޤުގައި ދިން ހަދިޔާއެއް ކަމަށް ޤަބޫލުކުރާށެވެ. އޭނާއަށް ކަލޭވެސް ހެޔޮ ދުޢާކޮށްދޭށެވެ."

ބިލިއަނަރު އަޝްފާލުގެ ގެއިން ނުކުމެގެން ދިއައީ އޭނާގެ އެކައުންޓަށް އިތުރު 2 މިލިއަން ޑޮލަރު ޖަމާކޮށްދީފައެވެ. އަޝްފާލަކީ 4 މިލިއަން ޑޮލަރުގެ މިލިއަނަރަކަށް ހަދައިދީފައެވެ.

އަޝްފާލަށް ތެދުވެރިކަމުގެ އިނާމު މިދުނިޔޭގައިވެސް ބޮޑު އަދަދަކުން ލިބުނީއެވެ. ނިޔާވި ދަރިފުޅު އޭނާއަކަށް ދެނެއް ނުލިބޭނެއެވެ. އެހެން ކަމާއިއެކުވެސް އަޝްފާލް ނިންމީ ދަރިފުޅަށްޓަކައި ސަރަހައްދުގައި މިސްކިތެއް އެޅުމަށެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް