އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިދްޔާ އަކީ ފަލަ މީހެއް ކަމަށް ބުނުމުން އޭނާ ދިން ވަރުގަދަ ޖަވާބު

ވިދްޔާ އަކީ ފަލަ މީހެއް ކަމަށް ބުނުމުން އޭނާ ދިން ވަރުގަދަ ޖަވާބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ބޮލީވުޑް ގެ މަޝްހޫރު އެކްޓްރެސް ވިދްޔާ ބާލަން އަކީ، އޭނާ ކުޅޭ ގިނަ ފިލްމުތަކާއި އެއްވަރަށް، އާންމު ދިރިއުޅުމުގައި ވެސް ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެއް ދައްކާފައިވާ ފަންނާނެކެވެ.

ސެލެބްރިޓީ އިންނަށް ހަޖޫ ޖެހުމާއި އެމީހުންނާއި ދިމާލަށް ތަފާތު އެކިއެކި ބަސްތައް ބުނަމުން ގެންދާ މިފަދަ ޒަމާނެއްގައި، އެފަދަ މީހުންނަށް ދޭނެ ޖަވާބު ވިދްޔާ އަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ.

އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމު "ތުމްހާރީ ސޫލޫ" ގެ ޕްރޮމޯޝަންސްގައި އިންޑިއާގެ ރިޕޯޓަރަކު ވަނީ ވަރަށް ހައިރާން ކުރުވަނިވި، ވަރަށް ނޭދެވޭ ސުވާލެއް ވިދްޔާ އާއި ކޮށްފައެވެ. ނުސީދާކޮށް އެނޫސްވެރިޔާ ވަނީ ވިދްޔާ ބާލަން އާއި ދިމާލަށް އޭނާއަކީ ފަލަ މީހެއް ކަމަށް ބުނެ، ބަރުދަން ލުއިކުރަން ވިސްނަންތޯ އަހާފައެވެ.

ނޫސްވެރިޔާ ވިދްޔާ ގާތު ބުނެފައިވަނީ، ވިދްޔާއަކީ ގިނައިން "ވިމެން ސެންޓްރިކް" (އަންހެނުންގެ މުހިންމުކަން ދައްކުވައިދޭ ރޯލު) ކުޅެފައިވާ އެކްޓްރެސްއަކަށް ވުމުން، ކުރިއަށް އޮތް ތާނގައިވެސް ވިދްޔާ އެފަދަ ރޯލަކުން ފެންނާނެތޯ ނުވަތަ ބަރުދަން ލުއި ކުރަން ވިސްނާފައިވޭތޯ އެވެ.

އެފަދަ ސުވާލެއް ކުރުމުން ވިދްޔާއަށް ވެސް އެންމެ ފުރަތަމަ ލިބެނީ ބޮޑު ސިހުމެކެވެ. ނަމަވެސް ތަންކޮޅެއް ހަމަޖެހިލާފައި އޭނާ އެނޫސްވެރިޔާއަށް ބުނީ "އަހަރެން މިމަސައްކަތް ކުރާ ގޮތާއި މަސައްކަތް ކުރާ ފިލްމުތަކާއި މެދު ވަރަށް ހިތްހަމަޖެހޭ. އެކަމަކު ތިކަހަލަ މީހުންގެ ވިސްނުން ހުރި ގޮތް ބަދަލު ކޮށްލައިފިއްޔާ ވަރަށް ރަނގަޅު ވާނެ" ކަމަށެވެ.

ވިދްޔާ ބުނި ގޮތުގައި، އޭނާ އަމިއްލައަށް ހުންނަ ގޮތާއި މެދު ހިތްހަމަ ޖެހިގެން މަސައްކަތް ކުރުމުން އޭނާއަށް ލިބޭ ހިތްހަމަ ޖެހުމާއި އުފާވެރިކަން، އެހެން މީހުން އުޅޭ ފަދައިން އުޅެން އުޅުމަށްވުރެ މާބޮޑެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ