އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ބޮޑު ހެޔޮކަން އެންމެ 4 މިނިޓުން ލިބެން އޮތްއިރު ނުހޯދަނީ ކީއްވެ؟

ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ބޮޑު ހެޔޮކަން އެންމެ 4 މިނިޓުން ލިބެން އޮތްއިރު ނުހޯދަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މާތް ﷲ ގެ ޙަޟްރަތުން މަތިވެރި ނިއުމަތްތައް އެދޭމީހާއަށް އެކަން ހާޞިލުކުރެވޭނެ ލުއި ގޮތްތައް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވަނީ ލިބިގަންނަން ބޭނުންވާ މީހާއަށް އެކަން ފަހިކޮށްދެއްވެވުމަށެވެ.

ދުނިޔެޢާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮކަން ބޮޑު އަމަލެއް އެންމެ 4 މިނިޓުން ނުހަނު ފަސޭހައިން ކޮށްލެވެން އޮތްއިރުވެސް އެކަމަށް ސަމާލުކަންދީ ލިބިގަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ!

އިމާމް މުސްލިމް އާއި އިމާމް އަޙްމަދު އަދި އިމާމް ތިިރްމިޒީ އާއި ނަސާއި ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތުގެ ހެޔޮކަން ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ބޮޑެވެ."

ރަނގަޅަށް ހަމަޖެހިލައިގެން ހުރެ ކުރި ނަމަވެސް ސުންނަތުގެ 2 ރަކްޢަތް 4 މިނިޓުން ކުރެވޭނެއެވެ. މިހައި މަތިވެރި ސަވާބު މިހައި ކުޑަ ވަގުތުކޮޅަކުން ހޯދެން އޮތްއިރު ލިބިނުގަތުމަކީ ކޮންފަދަ ބޮޑު މޮޔަކަމެއްތޯއެވެ!

ހަމައެކަނި ކޮށްލަންވީ އެންމެ ކަމެކެވެ. ހިތުގެ އީމާންކަން އިތުރަށް ވަރުގަދަކޮށްލަންވީއެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން ޤަބޫލުކޮށް ވީހައި ގިނަ ސަވާބެއް ހޯދަން މަސައްކަތްކުރަންވީއެވެ. އެއިރުން މިފަދަ ކަންކަން ކުރަން ތިމާގެ ހިތް ތިމާއަށް މަޖުބޫރުކުރުވާނެއެވެ. ކުރުމުން ނޫނީ ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް