އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރަށް ފިލާ ޙުސައިނަށް އޭނާ ނަރަކައިގަ އަނދާތަން ފެނުން

ހުކުރަށް ފިލާ ޙުސައިނަށް އޭނާ ނަރަކައިގަ އަނދާތަން ފެނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ޙުސައިނަކީ ހުކުރަށް ދާން ބޭނުންވާ މީހެއް ނޫނެވެ. އެހެންކަމުން ހުކުރު ދުވަހު ފެންވަރައި ނަލަހެދި ސެންޓު ޖަހައި ހުދުހެދުން ލައިގެން ހުކުރަށް ދިއުމުގެ ނަމުގައި ގެއިން ނުކުތް ނަމަވެސް ކާރަށް އަރައިގެން ދަނީ އެހެން ކޮންމެވެސް ތަނަކަށެވެ. އޭނާއަށް އުފަލާ މަޖާ ކުރެވޭނެ ތަނަކަށެވެ.

ހުސައިނަކީ އިންޑޮނޭސިއާގެ ސުރަބަޔާ ސްޓޭޓްގައި ދިރިއުޅޭ މަހުޖަނެކެވެ. އަވަށުގެ މީހުންނަށް ހުކުރު ދުވަހުގެ ޖަމާއަތުން ނުފެންނާތީ ރައްޓެހިން ސުވާލުވެސް ކުރެއެވެ. ހުސައިންގެ ޖަވާބަކަށް ވަނީ ތަންކޮޅެއް ދުރު މިސްކިތަކަށް ދިއައީ ކަމަށެވެ.

ޙުސައިން ހުކުރަށްދާއިރު އެއްވެސް ދަރިއަކު ނުގެންދެއެވެ. ހުކުރު ދުވަހުގެ މެންދުރު ކެއުމުގައިވެސް ޢާއިލާ އާއިއެކު ބައިވެރިއެއް ނުވެއެވެ. އެކަންކަމާއި ގުޅިގެން ސުވާލެއް ކޮށްފިނަމަ ބުނަނީ ހުކުރުން ފައިބައިގެން ކޮންމެވެސް ޕްރޮގްރާމެއް އޮންނާތީ ކަމަށެވެ.

ްހުސައިނުގެ އަނބިމީހާ ހުސައިނުގެ ވާހަކަތައް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ޒުވާބުކޮށްގެން ކުރިއެއް ނުލިބޭނެތީ ކެތްތެރިވެގެން ހުންނަނީއެވެ.

އެއީވެސް ހުކުރު ދުވަހެކެވެ. ހުކުރަށް ދާން ތައްޔާރުވެގެން ގެއިން ނުކުމެގެން ހުސައިން ދިއައީ ފަސްތަރި ހޮޓަލަކަށެވެ. އެތަނުގައި ކުރާނެ ކަމެއްކޮށް ދުނިޔޭގެ އުފާތައް ހާޞިލުކޮށްގެން ޙުސައިން ގެއަށް ދާން ނުކުތީ ހަވީރު 4 ޖެހިއިރުއެވެ.

ދަތުރުގެ ވަކި ހިސާބަކުން ކާރުގައި އަލިފާން ހިފީއެވެ. ހުއްޓާފައި ނުކުންނަން ބެލިއިރު އެއްވެސް ދޮރުފަތެއް ނުހުޅުވެއެވެ. މަސައްކަތް ކޮށްކޮށްވެސް އެއްވެސް ދޮރުފަތެއް ނުހުޅުވުނެވެ. ކާރު ދިއައީ އަނދަމުންނެވެ.

އަލިފާން ނިއްވާ މީހުން އައިސް އަލިފާން ނިއްވައި ކާރުން ހުސައިން ނެރެވުނު އިރު ހުސައިން ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. މުޅި ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ. ޑްރައިވަރަށް ވެސް ކޮންމެވެސް ވަރެއްގެ ޒަަޚަމްތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މާ ބޮޑު ކަމެއް ނުވެއެވެ.

މިކަންވީ އެންމެން ކަންބޮޑުވި ކަމަކަށެވެ. އެންމެންނަށްވެސް ހައިރާންކަމެއް ލިބުނު ކަމަކަށެވެ.

ހުސައިނަށް ދިން ފަރުވާ އާއިއެކު ހާލު ރަނގަޅުވަމުން އައިސް ވާހަކަ ދައްކައިލެވޭވަރުވުމުން އަނބިމީހާ ސުވާލުކުރިއެވެ. "ޙުސައިން އެވެ. ކަލޭ ކޮންމެ ދުވަހަކު ދަނީ ހަމަ ހުކުރަށް ހެއްޔެވެ؟"

އިރުކޮޅަކު މަޑުން އޮތުމަށްފަހު ހުސައިން ކިޔައިދިނެވެ. "ޙަޤީޤަތަކީ ހަމަ އެންމެ ދުވަހަކުވެސް ހުކުރަށް ނުދާކަމެވެ. އަހަރެން އެކަމަށް ތައުބާ ވެއްޖައީމެވެ. ކާރުގައި ހުޅުހިފިކަން އެއީ ވަރަށް ރަނގަޅަށް މެދުވެރިވި ކަމެކެވެ. އަހަރެންނަށް އެއްޗެއް ވިސްނެން މާތް ﷲ މެދުވެރި ކުރެއްވެވި ސަބަބެކެވެ.

އަދިވެސް ބުނަން ހެއްޔެވެ؟ ކާރުގައި ތާށިވެފައި އިން އިރު ފިހެމުންދިއަކަން އިހްސާސެއް ނުވެއެވެ. ލޮލަށް ފެންނަމުން ދިއައީ ނަރަކައެވެ. ނަރަކައިގައި އަހަރެން އަނދާތަނެވެ. އެއީވާ ހާދަހާ ބިރުވެރި ތަނެކެވެ."

ހުސައިނަށް ހޮސްޕިޓަލުން ނުކުމެވުމާއިއެކު ފުރަތަމަ ކަމެއްގެ ގޮތުން ކުރި ކަމަކީ އޭނާގެ މުދާ އަގުކުރުމަށްފަހު ދެބައިކުޅަ އެއްބައި މާތް ﷲ ގެ މަގުގައި ހޭދަކުރުމެވެ. ހުކުރު މިސްކިތަކާއިއެކު ބިޔަ އިސްލާމީ މަރުކަޒެއްވެސް އެޅިއެވެ. އެއަށްފަހު ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނުން ފެށިގެން ހުކުރު ފަށަންދެން މިސްކިތުގެ ޚާދިމެއް ފަދައިން މިސްކިތުގައި މަސައްކަތް ކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ސިންހޫތް ބިން ހުކުރު ކުޑާބެ 2017-11-17 10:05:38

މަމެން ގްރޫޕު ކުއްޖެއް ތިޔާ

Moad 2017-11-17 19:53:06

Alhamdhlillah. Allah iraadha kurevvun e ee hurihaa kamegge feshuneetha. Alhamdhlillah Allah Akbar.


އަބްދުއްލަތީފް