އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗުއްޓީގަ ދަރިން ޤްރްއާނާ ގާތްކުރުމަށް މަސައްކަތް ކުރުމަށް ޝައިޚް ނިމާލް ގޮވާލައްވައިފި

ޗުއްޓީގަ ދަރިން ޤްރްއާނާ ގާތްކުރުމަށް މަސައްކަތް ކުރުމަށް ޝައިޚް ނިމާލް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އަހަރީ ޗުއްޓީ ފެށުން ގާތްވެފައިވުމާއިއެކު ނުވަތަ ފެށިފައިވުމާއިއެކު ޗުއްޓީގައި ދަރިން ކީރިތި ޤްރްއާނާއި ގާތްކުރަން މަސައްކަތް ކުރުމަށް އައްޝައިޚް މުޙައްމަދު ނިމާލް ގޮވާލައްވައިފިއެވެ.

ޝައިޚް ނިމާލް ވިދާޅުވީ ސްކޫލްތައް ހުޅުވި ކިޔަވައިދޭ ދުވަސްވަރު ކުދިންގެ މަސައްކަތްތައް ހުންނަ ގޮތުން ކީރިތި ޤްރްއާނާއި ގާތްވާންޖެހޭ ވަރަށް ގާތްވުމުގެ ފުރުޞަތު ކުޑަ ކަމަށެވެ. އެހެންކަމުން ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.



ޝައިޚް ނިމާލް ވިދާޅުވީ ޗުއްޓީ ތެރޭގައި މަސައްކަތް ކުރަންވީ ކީރިތި ޤްރްޢާނުން އެކުއްޖަކަށް ކުޅަދާނަވީ މިންވަރަކުން ހިތުދަސްކޮށްދިނުމަށް ކަމަށެވެ. އަދި ކީރިތި ޤްރްއާން މުރާޖާ ކުރުމަށް ކަމަށެވެ. "އެންމެ ފޮތެއް ނަމަވެސް އަދި ސޫރަތެއް ނަމަވެސް ހިތުދަސްކޮށްދޭން މަސައްކަތްކުރަންވީ. ކީރިތި ޤްރްއާން މުރާޖަޢާކޮށްދޭން މަސައްކަތްކުރަންވީ."

ޝައިޚް ނިމާލް ވިދާޅުވީ މިކަންކަމަކީ މައިން ބަފައިންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ކުދިންގެ މުސްތަޤްބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ކަމަށެވެ.

(މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ނިމާލް ދެއްވި ދަރުސުން)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް