އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވެ ކައްވަޅަށް ދާނެކަން ޤަބޫލުކުރާނަމަ މި ވީޑިއޯ އަޑުއަހައިލާށެވެ!

މަރުވެ ކައްވަޅަށް ދާނެކަން ޤަބޫލުކުރާނަމަ މި ވީޑިއޯ އަޑުއަހައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މަރު ތިބާ އާއި ބައްދަލުވާނީ ކޮންވަގުތަކުކަން ތިބާއަކަށްވެސް އަދި އެކަކަށްވެސް ނުއެނގޭނެއެވެ. ހަމައެކަނި އެނގޭ ކަމަކީ ކައްވަޅަށް ދާންޖެހޭނީ ހަމަ ތިބާ އެކަނި ކަމެވެ.

ދުނިޔޭގައި އުފަލާއި މަޖަލުގައި ވަގުތުތައް ހާދަކުރަމުން ގެންދާއިރު ބައިވަރު "ބްރޯ" ތައް ތިބޭނެއެވެ. އެކަމަކު ތިބާއަށް ކައްވަޅަށް ދާންޖެހޭނީ ހަމަ އެކަނިމާ އެކަންޏެވެ. އެއްވެސް ބްރޯއަކު ތިބާ އާއިި ބައިވެރިއެއް ނުވާނެއެވެ.

ތިބާ ތައުބާ ވާން ބޭނުންވާނެއެވެ. ދެވަނަ ފުރުޞަތަކަށް އެދޭނެއެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ބިންގަނޑު ކަލޭ މައިތިރިކުރާނެއެވެ. ގަދަބާރުންވެސް އެކަން ކުރާނެއެވެ. ކަލެއަށް ތެޅި ފޮޅެވިދާނެއެވެ. ނަމަވެސް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

ރަނގަޅަށް ވިސްނާށެވެ. ތިހާލު ތިބާ ލިބިގަތީ އަމިއްލައަށެވެ. މަރުވާނެކަން ހިތަށް ނުގެނައުމުންނެވެ. ލިބުނުހައި ފައިސާއެއް މާތް ﷲ ހަރާމް ކުރެއްވެވި ކަންކަމަށް ހޭދަކުރުމުންނެވެ. ތިބާއަށް މާތް ﷲ ދެއްވެވި އަތްފައިން މާތް ﷲ ނަހީ ކުރެއްވެވި ކަންކަން ކުރީތީއެވެ.

މިކަންކަމަށް ވިސްނުމުގެ ބާރު ތިބާއަށް މާތް ﷲ ނުދެއްވަވަނީ ހެއްޔެވެ؟ ނޫނެކެވެ. ހުރިހާ އިޚްތިޔާރެއް ދެއްވެވިއެވެ. ޝައިޠާނާ އާއި ތިބާގެ ބްރޯތަކުގެ އަޑުއަހައި ތިބާ އެއިން އެއްވެސް ކަމަކަށް ވިސްނައިވެސް ނުލީއެވެ. މިއަދަކު ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. ތިބާ އަމިއްލައަށް ލިބިގަތް ކަންކަމުގެ ނަތީޖާ އަމިއްލައަށް ލިބިގަންނާށެވެ.

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް