އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު އަޅުކަމަށް "ކޮލިޓީ" ސަވާބު ލިބޭނީ ހޭދަކުރި މިންވަރަށް ބަލައިގެން: މުފްތީ މެންކް

ޤިޔާމަތް ދުވަހު އަޅުކަމަށް "ކޮލިޓީ" ސަވާބު ލިބޭނީ ހޭދަކުރި މިންވަރަށް ބަލައިގެން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ތިބާ ދުނިޔޭގައި ހުރެ އަޅުކަން ކުރަމުއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ކަމެއް އެބައޮތެވެ. ތިބާ ކުރާ އަޅުކަމަށް ސަވާބު ލިބޭނީ އެ އަޅުކަކުރި މިންވަރެއްގެ މައްޗަށެވެ.

ތިބާ އެދޭނީ "ކޮލިޓީ" ސަވާބެވެ. އެކަން ބޭނުންނަމަ އަޅުކަމަށް ހާދަކުރަން ޖެހެއެވެ. ފައިސާއެއް ނޫނެވެ. ތިބާގެ އިޚްލާޞްތެރިކަމެވެ. ތަޤްވާވެރިކަމެވެ.

ބައެއް މީހުން ގިނަގިނައިން އަޅުކަން ކުރެއެވެ. އަޅުކަން ގިނަ ކުރަންޖެހެއެވެ. ނަމަވެސް ކުރާ އަޅުކަމުގައި "ކޮލިޓީ" ހުންނަން ޖެހެއެވެ. ނޫން ނަމަ އެކަމުގެ މަންފާއެއް ނުކުރާނެއެވެ.

ގިނަގިނައިން ޚަޠިމް ކުރުމަކީ ރަނގަޅު އަމަލެކެވެ. ނަމަވެސް ގިނަ ޚަތިމުތަކެއް ކުރުމަށްވުރެ ތިބާއަށް ފައިދާ ބޮޑުވާނީ ކިޔަވާ އެއްޗެއް ތިބާއަށް އެނގުމުންނެވެ. މާނަ ހިތަށް ގެނެސްގެންނެވެ. އެހެން އަޅުކަމުގައިވެސް އޮތީ ހަމަ މިގޮތެވެ.

މީހަކު މަރުވެއްޖެ ކަމުގެ ޚަބަރު ލިބުމުން ތިބާ އިންތިހާއަށް ކަންބޮޑުވަމުއެވެ. ކުއްލި ސިހުމެއްވެސް ލިބެއެވެ. ސުވާލަކީ ތިބާ ތިހުރީ މަރަށް ތައްޔާރުވެގެން ހެއްޔެވެ؟

އެކަކު މަރުވެއްޖެނަމަ އަނެކަކު އަމަލުކުރާނެ ގޮތަކާއިމެދު ދެމަފިރިންގެ މެދުގައި ސުވާލު އުފައްދަމުއެވެ. ވާހަކަ ދައްކައި މަޝްވަރާ ކުރަމުއެވެ. މިފަދަ މަޝްވަރާތައް ކުރާއިރު ތިބާގެ މަރަށް ތިބާ ތައްޔާރުވެގެން ހުރީ ކިހައި ވަރަކަށް ހެއްޔެވެ؟

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް