އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުތަކުރުފާނު ކުރެއްވެވި ޤައުމީ ޖިހާދު- ދުނިޔޭގެ ރެކޯޑެއް!

ބޮޑުތަކުރުފާނު ކުރެއްވެވި ޤައުމީ ޖިހާދު- ދުނިޔޭގެ ރެކޯޑެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު


17 އަަހަރުވަންދެން ރާއްޖެ ހިފައިގެން ރާއްޖޭގައި ތިބެ ދިވެހިން އަޅުވެތިކޮށްގެން އުޅުނު ޕޯޗްގީޒުންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރެވުނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު އެކަމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީންކަން އެއީ ސާފުކޮށް އެނގެން އޮތް ކަމެކެވެ.

ބޮޑުތަކުރުފާނު އެފަދަ މަތިވެރި ޤްރްބާނީއަކަށް ކުރިމަތިލެއްވެވީ ޕޯޗްގީޒުން އެމަނިކުފާނާއިމެދު މާބޮޑަށް އަނިޔާވެރިވެގެނެއް ނޫނެވެ. އެމަނިކުފާނަށްވެސް އަނިޔާ ލިބިވަޑައިގަންނަވަމުން ދިއައީ އެހެން ދިވެހި ރައްޔިތުންނަށްވެސް އަނިޔާ ލިބެމުން އައި ވަރަށެވެ. ވަކިން އިތުރު އަނިޔާއެއް ނުކުރެއެވެ.
ރާއްޖޭގައި އެއިރުވެސް ރައްޔިތެއް އޮތެވެ. ގިނަ ރަށްތަކެއްގައި މީހުންވެސް ދިރިއުޅުނެވެ. އެހެން މީހަކު ކަންބޮޑުނުވާ މިންވަރަށް ބޮޑުތަކުރުފާނު ޤައުމާއިމެދު ކަންބޮޑުވެވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟
"ކަޅުއޮއްފުންމި"ގެ ނަމުން މަޝްހޫރުވެފައިވާ އަނގަމަތީ ކުޑަކުޑަ ދޯންޏެއްގައި އެތައް އަހަރެއްވަންދެން އެއްވެސް އަރާމުކުރެއްވެވުމެއް ނެތި ކަނޑުމަތީގައި ރެއާއި ދުވާ ހޭދަކުރެއްވެވީ އެއީ ކުރައްވަން ފަސޭހަފުޅުކަމަކަށްވެގެން ހެއްޔެވެ؟ ބޮޑުތަކުރުފާނު ކަޅުއޮއްފުންމީގައި ކުރެއްވެވި ޖިހާދު ދުނިޔޭގެ ރެކޯޑަކަށް ވެގެންދަނީ ކީއްވެގެން ހެއްޔެވެ؟
މިހައިތަނަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު އެ ކުޑަކުޑަ ދޯނީގައި ބޮޑުތަކުރުފާނު ވަނީ މެދުކެނޑުމެއް ނެތި 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަކުރައްވައިފައެވެ. އެއްވެސް އަރާމުކުރެއްވެވުމެއް ނެތިއެވެ.
އެ އުޅަނދަކީ އެއްވެސް ވަރެއްގެ ހިޔާވަހިކަމެއް ހުރި އުޅަނދެއް ނޫނެވެ. ހާމައަށް އޮތް އަނމަތި އުޅަނދެކެވެ. އެ އަަހަރުތަކުގައި ގަދަ ވިއްސާރަ އާއި ކުރިމަތިވާނީ ކިތައް ދުވަހުތޯއެވެ! އެންމެ ގަދަ އަވީގައި ހޭދަކުރަންޖެހޭނީ ކިތައް ދުވަސްތޯއެވެ!

ހަމައެކަނި މިކަންކަމަށް ބަލައިލި ނަމަވެސް މިފަދަ ޖިހާދެއް ކުރެއްވެވި އެއްވެސް ލީޑަރަކު ދުނިޔޭގެ ތާރީޚުން ފެންނަން ނެތްކަމީ އެއްބަސްވާންޖެހޭ ޙަޤީޤަތެކެވެ.

ޕޯޗުގީޒުންނަކީ އެއިރު ދުނިޔޭގެ ކަނޑުތަކަށް ވެރިވެގަނެގެން އުޅުނުބައެކެވެ. އެމީހުން އެއިރު މަޝްހޫރުވެފައިވަނީ ކަނޑުގެ ބާޒުުގެ ނަމުގައެވެ. ކަނޑުތައް ފުރިފައިވަނީ އެމީހުންގެ ނައު ފަހަރުތަކުންނެވެ. ހަނގުރާމަމަތީ އުޅަނދުތަކުންނެވެ.
ބޮޑުތަކުރުފާނު އަތުލައިގަތުމަށް ޕޯޗްގީޒުން ގެންދިއައީ އެމީހުންނަށް ކުރެވުނުހައި ކަމެއް ކުރަމުންނެވެ. ބޮޑެތި އިނާމުތައް ހުށަހަހަޅައިގެންނެވެ. ހަނގުރާމަމަތީ އުޅަނދުތަކަށް އެތައް ފަހަރަކު ކަޅުއޮއްފުންމި ފެނުނެވެ. ފަހައިވެސް ގަތެވެ. އެހެންކަމާއިއެކުވެސް އެމީހުންނަށް ބޮޑުތަކުރުފާނު ނުވަތަ ކަޅުއޮއްފުންމި އަތުލައި ނުގަނެވުނީ ކީއްވެގެން ހެއްޔެވެ؟

ޤައުމުގެ މިނިވަންކަމަށްޓަކައި ތަފާތު ޤްރްބާނީތައް ވެވަޑައިގެންނެވި ބަޠޮލުންގެ ވާހަކަތައް ދުނިޔޭގެ ތާރީޚުން ފެންނަން އެބަހުއްޓެވެ. ޖަލުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ލީޑަރުންވެސް އެބަތިއްބެވިއެވެ. ބޮޑެތި އަނިޔާތައް ތަޙައްމަލުކުރައްވަން ޖެހިވަޑައިގެންެނެވި ލީޑަރުންވެސް އެބަތިއްބެވިއެވެ.
އެހެންކަމާއިއެކުވެސް ބޮޑުތަކުރުފާނު ކުރެއްވެވި މަތިވެރި ޖިހާދުގައި ޚާއްޞަ އެތައް ކަންތައްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހެނީ މިފަދަ އެތައް ގިނަ ސަބަބުތަކެއް ހުރުމުންނެވެ. މިކަންކަން ދިރާސާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް