އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމިއްޔަތު ގެއްލިގެން މިދަނީ ޤައުމީ މަންހަޖުގެ ސަބަބުން!

ޤައުމިއްޔަތު ގެއްލިގެން މިދަނީ ޤައުމީ މަންހަޖުގެ ސަބަބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު


"ރާއްޖެއަށް ޚިދުމަތްކޮށްދެއްވި ޤައުމީ ބަޠޮލުންނާއި ބެހޭ މާބޮޑު މައުލޫމާތެއް މިއަދުގެ ގިނަ ޒުވާނުންނާއި ދަރިވަރުންނަކަށް ނުއެނގޭ، އެކުދިން މާފަރިތަ ބާރު ޤައުމުތަކުގެ "ހީރޯ" އިންގެ މައުލޫމާތަށް" ރައީސް ޔާމީން

މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަަރަށް ގިނައިން ވިދާޅުވާ ބަސްފުޅުތަކެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަށްފަހު ރައީސް ޔާމީނާއި ހަމައަށް މިފަދަ ވާހަކަތައް ވަނީ ޖަނާޒާ ކުރެވިފައެވެ.
ކޮންމެ ވެރިއަކުވެސް މަސައްކަތްކުރީ ތިމާ ނޫން މީހަކު ޤައުމަށް ޚިދުމަތް ނުކުރާކަން ދެއްކުމަށެވެ. ނަތީޖާއަކަށްވީ ޤައުމަށް ޚިދުމަތްކުރެއްވި އަބްޠާލުންގެ މަތިން ހަނދާން ނައްތައިލުމެވެ. ދަރިވަރުންނަށް އެބޭފުޅުންނާއި ބެހޭ މައުލޫމާތު ނުދިނުމެވެ.

ކޮންމެއަކަސް މާޒީ ކޮންމެ ގޮތަކަށް އޮތް ނަަމަވެސް ޤައުމީ މަންހަޖުގައި ޤައުމީ މަންހަޖަށް ބަދަލު ގެނެސް ޤައުމީ ަބްޠާލުންގެ މައުލޫމާތު ހިމަނައިފިނަމަ މިއީ މިހާރުވެސް ހައްލުކުރެވޭނެ މައްސަލައެކެވެ.
ދުނިޔޭގެ ކޮންމެ ޤައުމަކަށް ބެލި ނަމަވެސް އެ ޤައުމެއްގެ ޤައުމީ ބަޠޮލުންގެ ތާރީޚް ދަރިވަރުންނަށް ކިޔަވައިދެއެވެ. ދަރިންގެ ހިތްތަކުގައި ޤައުމީ ބަޠޮލުންނަށް ލޯބި ޖެއްސުވުމަށް ތަފާތު މަސައްކަތްތައް ކުރެއެވެ.

ރާއްޖެއަށް ބަލައިފިނަމަ އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ފަށައިފިނަމަ މިއީ އެހެން ޤައުމުތަކަށްވުރެ ފަސޭހައިން ކުރެވޭނެ ކަމެކެވެ. ރާއްޖޭގެ ކޮންމު ކުއްޖަކީ ކިޔަވާ ކުއްޖަކަށްވާތީއެވެ. ސްކޫލަށް ދާ ކުއްޖަކަށްވާތީއެވެ. ތައުލީމީ ނިޒާމުން ބޭރުގައި ކުދިން ނެތުމުންނެވެ.

ޤައުމީ ބަޠޮލުންގެ ވާހަކަތައް ޖަލްސާތަކުގައި ދައްކައިގެން އެކަނި ފުއްދައިލެވޭކަށް ނެތެވެ. ބައެއްގެ ހިތުގައި ޝައުޤުވެރިކަން ނެތް ވާހަކަތަކެއް ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އެކަމުން ކުރާނެ ފައިދާއެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ފުރަތަަމަ ކުރަންޖެހޭ ކަމަކީ އެ ޝައުޤުވެރިކަން ހިތްތަކުގައި ޖެއްސުވުމެވެ.
ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ދަރިވަރުން ގޮވައިގެން އުތީމަށް ދަތުރުކުރަން އެބަޖެހެއެވެ. އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނާއި ބެހޭގޮތުން ލިބެންހުރި މައުލޫމާތުތައް ފޯރުކޮށްދޭން ޖެހެއެވެ. ބާރަށަށް ގޮސް ކަޅުއޮއްފުންމީގެ ވާހަކަތައްވެސް ކިޔައިދީ ދައްކަން އެބަޖެހެއެވެ. އަދިވެސް ފެންނަން ހުރި ކަންކަމުގެ ވާހަކަތައް ކިޔައިދޭން ޖެހެއެވެ.
ދާދި ކައިރީގައި އޮތް ކ. ހުރާއަށް ގޮސް ދޮންބަންޑާރައިންގެ މައުލޫމާތު ވެސް ފޯރުކޮށްދޭން އެބަޖެހެއެވެ.
ހުރާއަށް މިހާރުވެސް ތަފާތު ކޭމްޕަކުގައި ދެއެވެ. އެފަދަ ދަތުރުތަކުގައި ދޮންބަންޑާރައިންގެ ވާހަކަ ދެކެވޭބާވައެވެ! ދޮންބަންޑާރައިންނަށް ނިޞްބަތްވާ މިސްކިތް ދައްކައިލެވޭބާވައެވެ! އެއީ ކިތަންމެ ކުޑަ މިސްކިތެއް ނަމަވެސް އެއީ މުހިންމު ތާރީޚީ ބިނާއަކަށްވާއިރު އެކަމުގެ މުހިންމުކަން ފާހަގަކުރެވޭބާވައެވެ!

މިހުރިހާ ކަންކަމުންވެސް އެނގެނީ ޤައުމީ މަންހަޖަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޤައުމީ ބަޠޮލުންގެ ތާރީޚް ކިޔަވައިދޭންޖެހޭ ކަމެވެ. އެބޭފުޅުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ މުހިންމުކަން އުނގަންނައިދޭން ޖެހޭ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް