އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުމަށް މިކަން ތަޖުރިބާކޮށްލަ ބައްލަވާށެވެ!

ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުމަށް މިކަން ތަޖުރިބާކޮށްލަ ބައްލަވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު


ނަމާދު ނަމާދަކަށް ވަނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. އެކަން ގިނަ ބައަކަށް އެނގެއެވެ. ދޭންޖެހޭ ސަމާލުކަން ނުދެވެނީއެވެ. ޝައިޠާނާގެ ވަސްވާސްތަކުގެ ސަބަބުންނެވެ. އީމާންތެރިކަން ހުންނަންޖެހޭ މިންވަރަށް ނުހުންނާތީއެވެ.

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ބޭނުންނަމަ ވަަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ތަޖުރިބާކުރެވިފައިވާ އެއް ކަމަކީ ނަމާދުގެ އެއް ރުކުނުން އަނެއް ރުކުނަށް، އެއް ހަރަކާތުން އަނެއް ޙަރަކާތަށް ނަޤުލުވާހިނދު ކިޔާ ތަކްބީރު، ﷲއަކްބަރު ކިޔާއިރު އެބަހުގެ މާނަ ހިތަށް ގެނައުމެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި ﷲއަކްބަރު ކިޔާއިރު އެއިގެ މާނަ ހިތަށް ގެނައުމުން ދެން ކިޔަންޖެހޭ ތަކެތީގެ މާނަ ހިތަށް ގެންނަން ފަސޭހަވެގެންދެއެވެ. ހަމައެއާއިއެކު ތިމާ ނަމާދު މިކުރަނީ މާތްﷲއަށްކަން ހިތަށް ވަދެ ޚުޝޫޢަތްތެރިކަން އިތުރުވެގެންދެއެވެ.

ނަމާދަށް ފެށީންސުރެ ޝައިޠާނާ ހަނދާންކޮށްދެމުން ދާނީ ދުނިޔަވީ ކަންކަމެވެ. އެމީހަކު އެންމެ ކުރަށް ބޭނުންވެގެން ހުންނަ ކަންތައްތަކެވެ. ޙާޞިލުކުރަން ބޭނުންވާ މަޤްޞަދުތަކެވެ. ނުކުރެވި ދޫކޮށްލެވިފައި ހުރި ދުނިޔަވީ ކަންކަމެވެ. އެކަންކަމުގެ ސަބަބުން ނަމާދަށް ހުންނައިރު ޚުޝޫޢަތްތެރިކަމާއިއެކު ދަތިތަކެއް ކުރިމަތިވިއެވެ.

ނަމާދުގައި ކިޔާތަކެތީގެ މާނަ ހިތަށް ގެންނަން ޖެހެއެވެ. ފުރިހަަމަ ގޮތުގައި ނަމާދުކުރުމަށްޓަކައި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރަންޖެހެއެވެ.
ޝައިޚް މުފްތީ މެންކު ވިދާޅުވަނީ ތިމަންނައަށް ނުއެނގޭ ކަމަށް ބުނެ ބަހަނާ ނުދެއްކޭނެ ކަމަށެވެ.

"މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ މާތްﷲއަށް އަޅުކަން ކުރުމަށް. އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ނަމާދު ކުރުމަށް. ނަމާދު ނުކޮށް ޤިޔާމަތް ދުވަހުން ސަލާމަތެއް ނުވެވޭނެ. ވީމާ ނަމާދު އެއިގެ ފުރިހަަމަ ގޮތުގައި ކުރުމަށް ތައްޔާރުނުވެ ދެން ކުރަން އޮތީ ކޮންކަމެއްތޯ؟ އެކަން ނުކޮށް ހުރެ މާތްﷲއަށް ތިބާ ދައްކާނީ ކޮން ބަހަނާއެއްތޯ؟"
"ތިބާ ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރަން ވަގުތު ހޯދަމު. އެކަންކުރަމު. އެކަމަކު ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރާނެ ވަގުތެއް ނުވޭ. ކީރިތި ޤްރްއާން ކިޔަވައި މާނަ ދަސްކުރާނެ ވަގުތެއް ނުވޭ. މިއީ ކިހިނަކުން ޤަބޫލުކުރެވޭނެ ކަންކަންތަ؟"
(މުފްތީ މެންކުގެ ސަރުސަކުން)

ނަމާދުގައި ކިޔާތަކެތީގެ މާނަ ކޮންމެހެން ދިވެހިބަހުން ދަސްކުރާކަށް ނުޖެހެއެވެ. އެމީހަކަށް ފަސޭހަބަހަކުން ދަސްކުރި ނަމަވެސް ފުދޭނެއެވެ. އިނގިރޭސި ބަސް ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ބޭނުންވަނީ މާނަ ފުރިހަމަ ގޮތުގައި އެނގުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް