އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޑުރިޑު ޑާބީ މެޗު އެއްވަރުވިއިރު، ބާސެލޯނާ ކުޅުނު މެޗުން އެ ޓީމުކާމިޔާބުކޮށްފި

މެޑުރިޑު ޑާބީ މެޗު އެއްވަރުވިއިރު، ބާސެލޯނާ ކުޅުނު މެޗުން އެ ޓީމުކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ސްޕެނިޝް ލަލިގާގައި ރޭ އެތުލެޓިކޯ މެޑުރިޑާއި ރިއާލް މެޑުރިޑުގެ ކުރިމަތިލުން އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެއްޖެއެވެ. އަދި އެ ލީގުގެ ތާވަލްގެ އެންމެ ކުރީގައި އޮތް ބާސެލޯނާ، ލެގަނޭސްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއާ ލެގަނޭސްގެ ކުރިމަތިލުން، ބާސެލޯނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާއަށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ މެޗުގެ 28ވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ. ފުރަތަމަ ހާފު ނިމުނީ ބާސެލޯނާއިން 1-0 ގެ ލީޑެއްގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ބާސެލޯނާއަށް ދެވަނަ ލަނޑު ޖަހައި އަނެއްކާވެސް މެޗުގެ ލީޑު ފުޅާކޮށްދިނީ ލުއިސް ސުއަރޭޒެވެ. އެއީ މެޗުގެ 60ވަނަ މިނެޓުގައެވެ. ބާސެލޯނާގެ 3ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 90ވަނަ މިނެޓުގައި ޕައުލީނިއޯއެވެ.

ރޭގަ އެތުލެޓިކޯ މެޑުރިޑު ދަނޑުގައި ކުޅުނު މެޑުރިޑު ޑާބީގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑު ނުޖެހިއެވެ. އަދި މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑުޖަހަން ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސް ވެސް ކުރެވިފައި ނެތްކަން ފާހަގަކޮށްލެވެއެވެ. ރޭގެ މެޗުން ވެސް ރިއާލްގެ ކުރިސްޓިއާނޯ ރޮނާލްޑޯއާއި އެތުލެޓިކޯގެ އެންޓޮއިން ގުރީޒުމެނަށް ވެސް އެ ދެ ކުޅުންތެރިންގެ ޖާދޫ ދައްކާލެވޭ ގޮތް ނުވެފައެެވެ. މި ދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދެއްކި މި ދެ ތަރިންގެ ކުޅުން މި ސީޒަނުގައި އަދި ފެންނަނީ ވަރަށް ދަށްކޮށެވެ. ރޭގެ މެޗަށް ފަހު،ލަލިގާގެ މި ސީޒަނުގެ މެޗުތަކުގައި ދަނޑުމަތީގައި 720 މިނެޓު ރޮނާލްޑޯ ހޭދަކުރިއިރުއޭނާއަށް ކާމިޔާބުކޮށްލެވުނީ އެންމެ ލަނޑެކެވެ. އަދި ލަނޑުޖަހަން އެހެން ކުޅުންތެރިންނަށް ކޮށްދެވުނީ އެންމެ 2 އެސިސްޓެވެ. ގުރީޒުމަން ވެސް ލީގުގެ މެޗުތަކުގައި މިހާތަނަށް ދަނޑުމަތީގައި 812 މިނެޓު ހޭދަކޮށްފައިވާއިރު ކާމިޔާބުކޮށްލެވުނީ އެންމެ 2 ލަނޑާއި 2 އެސިސްޓެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު ބާސެލޯނާ އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އެއީ 12 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ރިއާލް މެޑުރިޑަށާއި އެތުލެޓިކޯ މެޑުރިޑަށް 12 މެޗުން ލިބުނީ 24 ޕޮއިންޓެވެ. ރިއާލް މެޑުރިޑަށް ތާވަލްގެ ތިންވަނަ އަދިއެތުލެޓިކޯއަށް ރިއާލްގެ ފަހަތުން ހަތަރުވަނަ ލިބެނީ ރިއާލް ގޯލް ފަރަގުން ކުރީގައި އޮވެގެންނެވެ. ލީގު ތާވަލްގެ ދެވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓް ލިބިގެން ވެލެންސިއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް