އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޔުޒިކަކީ ޝައިޠާނާގެ "ކިޔެވެލި"- ހުއްދަވާނެ އެއްވެސް ގޮތެއް ނެތް: ޑރ. ބިލާލް ފިލިޕް

މިޔުޒިކަކީ ޝައިޠާނާގެ "ކިޔެވެލި"- ހުއްދަވާނެ އެއްވެސް ގޮތެއް ނެތް: ޑރ. ބިލާލް ފިލިޕް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މިޔުޒިކާއިމެދު ބައެއް އިލްމުވރިން ސިފަކުރައްވަނީ މިޔުޒިކަކީ ޝައިޠާނާގެ "ކިޔެވެލި" ކަމަށެވެ. ޝައިޠާނާ، މީސްތަކުންގެ ހިތްތަކަށް މިޔުޒިކް ވައްދާވަރުން އެ ހިތްތަކުގައި ޤްރްއާނަށް އެއްވެސް ޖާގައެއް ނުއޮންނަ މިންވަރަށް ވައްދުވައެވެ.

މިޔުޒިކް އިންސާނުންގެ ހިތްތަކަށް ބާރުފޯރުވާފައިވާ މިންވަރާއިމެދު ވިސްނާށެވެ. 20 އަހަރު ފަހުން ނަމަވެސް ލަވައެއްގެ މިޔުޒިކްގެ އަޑު އިވިއްޖެނަމަ އެލަވަ ތިބާގެ ހިތަށް އާދެއެވެ. ލަވައިގެ ކަޑިތައްވެސް އެނގިގެން ދެއެވެ.

(ޤްރްއާން ދަސްކުރުމަށްފަހު ނުކިޔާނަމަ މިހައި ގިނަ ދުވަހު ހިތުގައި ހަރުލާފައި ހުރޭހެއްޔެވެ. މިކަމުން ވެސް އެނގެނީ ޝައިޠާނާ މިޔުޒިކުން ތިބާގެ ހިތް ފުރާލާ މިންވެރެވެ.)

މިފަދަ ސަބަބުތަކަށްޓަކައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިޔުޒިކް ވަނީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ބަޔާންކޮށްދެއްވަވައިފައެވެ. އެހެންވީމާ އަހަރެމެން މިޔުޒިކް ދޫކޮށް މިޔުޒިކާއި މުޅިން ދުރުހެލިވާން ޖެހެއެވެ.

މިވެނި ޝައިޚަކާއި އެވެނި ޝައިޚަކު މިޔުޒިކް ހުއްދަކުރާ ކަމަށް ތިބާ ބުނެފާނެއެވެ. ނަމަވެސް ބުނަން ހެއްޔެވެ. ކުރީގެ އެއްވެސް އިލްމުވެރިއަކު މިޔުޒިކް ހުއްދަކުރައްވާފައެއް ނުވެއެވެ.

މުޅި ދުނިޔެއަށް މިޔުޒިކް ޢާންމުވެފައިވާ މިންވަރަށް ބަލައިފިނަމަ ފާޚާނާއަކަށް ވަން ނަމަވެސް މިހާރު އިވޭނީ މިޔުޒިކްގެ އަޑެވެ. މިކަންކަމަށް ސަމާލުވާށެވެ. ދީނުގެ އިންތައް މާތް ﷲ ވަނީ ކަނޑައަޅުއްވައިފައެވެ. އެކަންކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.

(ޝައިޠާނާ ނުބައި ޖިންނި ޝައިޠާނުން ފެންނަން ވީމާ ދުން އަރާކަމުގެ ވާހަކަތަކުގެ އަޑު އިވެއެވެ. މިޔުޒިކް ސްޓޭޖްތަކުން ލަވަކިޔާމީހުން ފެންނަން ވީމާ ހަމައެކަން މިހާރު ނުހިނގާ ހެއްޔެވެ؟ ސްޓޭޖްތައް ދުންތަކުން ފުރިފައި ނުވޭ ހެއްޔެވެ؟"

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް