އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮ ގޮތްތައް މެދުވެރިވާން ބޭނުންހެއްޔެވެ؟ ﷲ އަށް ޛިކުރު ކުރުމުން ދުވަސް ފަށައި ދެމިހުރޭ: މުފްތީ މެންކް

ހެޔޮ ގޮތްތައް މެދުވެރިވާން ބޭނުންހެއްޔެވެ؟ ﷲ އަށް ޛިކުރު ކުރުމުން ދުވަސް ފަށައި ދެމިހުރޭ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އަހަރެމެން އެންމެން އެދޭ ކަމަކީ ހެޔޮ ގޮތްތައް މެދުވެރިވުމެވެ. ހެޔޮ ގޮތްތައް މެދުވެރިވުމަށް އެދޭނަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ.

ތައުބާވާން ބޭނުން މީހުންނަށް، ހެޔޮ އަމަލުތައް ކުރަން ފަށަން ބޭނުންވާ މީހުންގެ ވިސްނުމަށް އެމީހާގެ އުމުރުގައި އަދި ދުވަސްތަކެއް އެބައޮތް ކަމާއި ފަހުންވެސް ހެޔޮ އަމަލުތައް ކުރަން ފެށިދާނެކަން ވިސްނައިދެނީ ޝައިޠާނާއެވެ.

އެއްވެސް މީހަކީ ފުރިހަމަކަން ލިބިގެންވާ މީހެއް ނޫނެވެ. ތިމާއަކީ ފުރިހަމަކަން ލިބިގެންވާ މީހެއްކަމަށް ޤަބޫލުކުރެވޭނަމަ އެކަން މެދުވެރިވަނީ ޝައިޠަނާގެ ކިބައިންނެވެ.

ﷲ ގެ މަގަށް ރުޖޫއަވާން ބޭނުން މީހެއްނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ އެއް ކަމަކީ ނިދުމުގެ ވަގުތުގައި ނިދުމެވެ. ނިދުމުގެ ވަގުތުގައި ނިދާ މީހާއަށް ތާޒާކަންމަތީގައި ދުވަހުގެ ފުރަތަމަ ވާޖިބަށް ހޭލެވޭނެއެވެ.

ޙޭލެވުމާއިއެކު ފުރަތަމަ ވެސް ކުރަންވީ ކަމަކާއި އެމީހަކަށް އެދުވަސް ދެއްވެވި ކަމަށްޓަކައި މާތް ﷲ އަށް ދުޢާކުރުމެވެ. އެ ދުޢާކުރުމާއިއެކު ފަތިސް ނަމާދުން ދުވަސް ފަށާނަމަ އެމީހަކަށް ހުރިހާ ކަމެއްވެސް ދާނީ ފަހިވަމުންނެވެ.

ބައެއް މީހުންގެ ކަންފަތުން ރީނދޫކުލައިގެ އެއްޗެއް ފެންނާނެއެވެ. އެއީ ފަތިސް ނަމާދަށް ނުތެދުވުމުން އިބިލީސް ތިބާގެ ކަންފަތަށް ކުޑަކަމުދިއުމުން ހުންނަ ތަކެއްޗެވެ.

ވިސްނާށެވެ. ދިދުމުގެ ވަގުތުގައި ފޯނާއި ދުރުހެލިވާށެވެ. ނިދުމަށް އިސްކަންދޭށެވެ. ފޯނަށް އަންނަ މެސެޖުތަކަށް ޖަވާބު ދިނުމަކީ މާދަމާ ކުރާ ކަމަކަކަށް ހަދާށެވެ.

މާތް ﷲ އަށް ޛިކުރުކުރުމާއިއެކު ދުވަސް ފަށާމީހާއަށް ކަންކަން ދާނީ ފަހިވަމުންނެވެ. ހަނދާންކުރާށެވެ. ދުވަސް ފެށި ގޮތުގައި ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކުރަން ހަނދާންކުރާށެވެ.

ކުރާ ކޮންމެ ކަމެއްގައި ބިސްމިﷲ ކިޔަން ހަނދާންކުރާށެވެ.

ފާޚާނާއަށް ވަދެ ފެން ބޭނުންކުރާއިރު އިސްރާފް ނުކުރާށެވެ. ސާފުތާހިރު ކަމަށް ލޯބިކުރާށެވެ. ގެއިން ނުކުންނަމުން ކިޔާ ދުޢާ އާއި ގެއަށް އައުމަށްފަހު ކިޔާ ދުޢާ ކިޔަން ހަނދާންކުރާށެވެ. ކޮންމެ ކަމެއް ކުރަމުން މާތް ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ. ކަމެއް ކޮށް ނިމުމުން މާތް ﷲ އަށް ޙަމްދުކޮށް ޝުކުރުކުރާށެވެ.

މިބާވަތުގެ ކޮންމެ ކަމެއް ކުރުމުން ވެސް ރަނގަޅު މަގަށް ދިއުމަށް ތިބާއަށް މަގުފަހިވާނެއެވެ. މިއީ ވަރަށް އާދައިގެ ކަންކަމެވެ. ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ބޮޑެތި ހެޔޮ ަކަންތައްތަކަށް މަގުފަހިވެއެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް