އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިމްބާބްވޭ ގެ ރައީސްކަމުން މުގާބެ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފި؟

ޒިމްބާބްވޭ ގެ ރައީސްކަމުން މުގާބެ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފި؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ޒިމްބާބްވޭ ގެ ރައީސްކަމުން އެޤައުމުގެ ރައީސް ރޮބަޓް މުގާބެ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފިކަމަށް ހަބަރު ފެތުރެމުންއެބަދެއެވެ.

މުގާބެ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފިކަން އަންގާ "ރޮއިޓާސް" އިން ބުނެފައިވަނީ، އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމަށްޓަކައި މުގާބެ ދެއްވާނެ ބަޔާން މިހާރު އެޤައުމުގެ އަސްކަރިއްޔާއިން ތައްޔާރު ކުރަމުންދާ ކަމަށެވެ.

ރޮބަޓް މުގާބެ ވަނީ 37 އަހަރު ވަންދެން ޒިމްބާބްވޭ ގައި ވެރިކަން ކުރައްވަވާފައެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފައިވަނީ، އިސްތިއުފާ ދެއްވަން 24 ގަޑީރުގެ މުއްދަތެއް ވެރިކަން ކުރާ ޕާޓީ އިން ދިންތާ ދެ ގަޑީރު ފަހުންނެވެ.

އުމުރުފުޅުން 93 އަހަރުގެ މުގާބެ ނިސްބަތްވެ ވަޑައިގަންނަވަނީ "ޒަނޫ-ޕީއެފް" ޕާޓީ އަށެވެ. ނަމަވެސް އެޕާޓީއިން މިއަދު ވަނީ ޕާޓީގެ ލީޑަރު ކަމުން އެމަނިކުފާނު ވަކިކުރައްވަވާފައެވެ.

ޒިމްބާބްވޭގެ ރައީސްކަމުން މުގާބެ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގަތް ނަމަވެސް، ދެން އެޤައުމުގެ ވެރިކަމަށް އަންނާނީ އެޤައުމުގެ ސިފައިން ކަމެއް ނުވަތަ އެހެން ބޭފުޅެއް ކަމެއް އަދި އަންގާފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ