އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނެޝަނަލް ބައިކް ޗެމްޕިއަންޝިޕް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފައިނުވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެފި

ނެޝަނަލް ބައިކް ޗެމްޕިއަންޝިޕް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފައިނުވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ނެޝަނަލް ބައިކް ޗެމްޕިއަންޝިޕް 2017 ބާއްވާ ތާރީޚަށް ބަދަލު ގެނެސްފައިނުވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެފިއެވެ.

ނެޝަނަލް ބައިކް ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވާ ތާރީޚަކީ މި މަހުގެ 24 އަދި 25 އެވެ.

އެ ތާރީޚަށް ބަދަލުގެންނަން އުޅޭކަމުގެ އަޑުތަކެއް ފެތުރުފައިވާތީ މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިކް މޯލްޑިވްސްގެ މީޑިއާ ކޯޑިނޭޓަރ އަސްމާ ވިދާޅުވީ އެއްވެސް ބަދަލެއް ގެންނަން އަދިވިސްނާފައިނުވާ ކަމަށެވެ. އަދި އިޢުލާނުކޮށްފައިވާ ތާރީޚުގައި ނެޝަނަލް ބައިކް ޗެމްޕިއަންޝިޕް ހުޅުމާލޭގައި ބާއްވާނެ ކަމަށެވެ.

ތާރީޚަށް ބަދަލު ގެންނަންއުޅޭކަމުގެ އަޑުތައް ފެތުރިފައިވަނީ މި މަހުގެ 24 ވަނަ ދުވަހަކީ ދިރާގު ރޯޑު ރޭސް ބާއްވާ ދުވަސްކަމަށްވާތީއެވެ.

"އަޅުގަނޑުމެންގެ އިވެންޓު އޮންނާނީ ހެނދުނު. ދިރާގު ރޯޑު ރޭސް އޮންނާނީ ހަވީރު. އެހެންވީމަ އެއްވެސް ކޮންފްލިކްޓެއް ނާރާނެތާދޯ. އިއުލާންކޮށްފައިވާ ތާރީޚުގައި އިވެންޓު އޮންނާނެ" އަސްމާ ވިދާޅުވިއެވެ.

މި މަހުގެ 15 ވަނަ ދުވަހަށް މި އިވެންޓުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވެފައިވާ އިރު، ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.

މި އިވެންޓުގައި އެ ޖަމިއްޔާގެ މެމްބަރުން ބައިވެރިވުމަށް ފީއެއް ނަގާފައެއް ނުވެއެވެ. އެހެންނަމަވެސް އަމިއްލަ ފަރާތްތަކުން (އެ ޖަމިއްޔާގެ މެމްބަރުން ނޫން މީހުން) ބައިވެރިކޮށްފައިވަނީ 200 ރުފިޔާގެ ފީއެއް ނަގައިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް